ސިވިލް ކޯޓްގެ އިސްޤާޟީ އަހުމަދު ނިމާލް ޖުނެއިދު

ހަބަރު

ސިވިލް ކޯޓްގެ އިސްޤާޟީ ނިމާލް ޖުނެއިދު އަވަހާރަވެއްޖެ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 20 ސެޕްޓެންބަރ 2023 , ބުދަ 08:18   373

ސިވިލްކޯޓްގެ އިސްޤާޟީ އަލްއުސްތާޛު އަޙްމަދު ނިމާލް ޖުނައިދު އަވަހާރަވެއްޖެއެވެ.

ބެޗްލަރސް އޮފް ލޯ އިން ޝަރީއާ ފުރިހަމަކުރައްވާފައިވާ ނިމާލް އަކީ ގއ. މާމެންދޫ ބޭފުޅެކެވެ. އޭނާގެ ޢުމުރަކީ 36 އަހަރެވެ.

ސިވިލްކޯޓްގެ ޤާޟީގެ މަގާމަށް ނިމާލް އައްޔަންކުރެއްވީ 2022 ވަނަ އަހަރުގެ މާޗްމަހުއެވެ. ނިމާލް އޭގެ ފަހުން ސިވިލް ކޯޓުގެ އިސްޤާޟީ އަބްދުﷲ އަލީ، ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވުމުން އެ ކޯޓު ހިންގުން ވަގުތީ ގޮތުން އަލްއުސްތާޛު އަޙްމަދު ނިމާލް ޖުނައިދާއި ހަވާލުކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 22 ވަނަދުވަހުއެވެ.

ސިވިލްކޯޓްގެ އިސްޤާޟީގެ މަޤާމަށް ނިމާލު އައްޔަންކުރައްވާ ފަތްކޮޅު އަރުވާފައިވަނީ މި އަހަރުގެ މޭމަހުގެ 9 ވަނަދުވަހުއެވެ.

ނިމާލު އަވަހާރަވީ މެޔަށް ތަދަށް އަރާ ހޮޑުލެވެެތީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ނިމާލްގެ ޖަނާޒާ އޮޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުުގައެވެ.

ޓެގްސް: ސިވިލް ކޯޓް ކުއްލި މަރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.