ހިއުމަން ރައިޓްސް ކަމިޝަން އޮފް މޯލްޑިވްސް (އެޗްއާރސީއެމް)

ހަބަރު

އެޗްއާރުސީއެމް، އިންތިޚާބާއި ގުޅޭ ގިނަ މައްސަލަތަކެއް ފާހަގަކުރައްވައި ތަޙްޤީގްކޮށްދިނުމަށް އެދިއްޖެ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 20 ސެޕްޓެންބަރ 2023 , ބުދަ 17:13   369

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ގުޅޭގޮތުން، ހިއުމަން ރައިޓްސް ކަމިޝަން އޮފް މޯލްޑިވްސް (އެޗްއާރސީއެމް) އިން ފުރަތަމަ ފަހަރަށް މައްސަލަތަކެއް ފާހަގަކުރައްވައިފިއެވެ.

އެޗްއާރސީއެމް އިން ފާހަގަކޮށްފައިވާ ބައެއް މައްސަލަތައް :

  • ވޯޓަށް ނުފޫޒު ފޯރުވުމަށް، ބައެއް ފަރާތްތަކުން ވޯޓު ގަތުން
  • ވަކި ކެންޑިޑޭޓަކަށް ތާއީދުކޮށް ޝަރުތުކޮށް ވަޒީފާ ދިނުން
  • ވަޒީފާއިން ވަކިކުރަމުންދިއުން
  • ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ދައުލަތުގެ ވަސީލަތްތަތް ކެމްޕެއިނަށް ބޭނުންކުރަމުންދިއުން
  • ޖިސްމާނީ ގޮތުން ގެއްލުން ލިބިދާނެފަދަ ކަންކަން ކުރުމަށް މަސައްކަތްކުރުން
  • ކެންޑިޑޭޓުންނަށް ފުރައްސާރަކުރުން
  • ކެންޑިޑޭޓުންގެ އަބުރަށް އަރައިގަތުމާއި، ޕާޓީތަކަށް ނިސްބަތްވާ ބައެއް ފަރާތްތަކާއި އަދި އެ ފަރާތްތަކަށް ތާއީދުކުރައްވާ ބައެއް ފަރާތްތަކުންވެސް އެންޓި-ކެމްޕެއިން ކުރުން
  • ކެމްޕެއިނު ކުރުމުގެ ހައްގަށާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުން، ފުލުހުންނާއި ސަލާމަތީ ބާރުތަކުން ބާރުތައް ނަހަމަގޮތުގައި ބޭނުންކުރުން

ބައެއް މައްސަލަތައް އެކޮމިޝަނުން ބަލަމުން އަންނަކަމަށް ބުނެފައިވާއިރު، މި މައްސަލަތަކާ ގުޅިގެން އެޗްއާރުސީއެމް އިން ގޮވާލީ ކަމާގުޅުންހުރި މުއައްސަސާތަކުން މިކަންކަން ތަހުގީގުކޮށް ދިނުމަށް އެދިފައެވެ. އަދި މިކަންކަން ތަކުރާރު ވިޔަ ނުދިނުމަށްޓަކައި، ގާނޫނީ ނިޒާމަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނައުމަށް ވެސް އެ ކޮމިޝަނުން ގޮވާލާފައިވެ އެވެ.

ގާނޫނީ ނިޒާމަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކަށް ގޮވާލަން

~ ބަޔާން، އެޗްއާރުސީއެމް

ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ނުވަތަ އެހެން ކެންޑިޑޭޓަކާ ބެހޭގޮތުން ޝުޢޫރު ފާޅުކުރުމަށްޓަކައި، ބިނާކުރަނިވި ގޮތެއްގައި ފާޑުކިއުމަށާއި އަދި ނަޒާހަތްތެރިކަމާއެކު ކެމްޕެއިންކުރުމަށް އިސްކަން ދެއްވާ، އަނެކާގެ އަބުރާ އިއްޒަތަށް އަރައި ނުގަތުމަށާއި އަދި ނަފްރަތު އުފެދޭ ވާހަކަތައް ނުދެއްކުމަށް މި ކޮމިޝަނުން ހުރިހާ ސިޔާސީ ޕާޓީތަކާއި އާންމު ރައްޔިތުންނަށް އިލްތިމާސްކުރަމެވެ.

އިތުރަށް އެ ކޮމިޝަނުން ބުނެފައިވަނީ، ކޮމިޝަންގެ ހުށަހެޅުންތައް ހިމެނޭ ތަފްސީލީ ރިޕޯޓު އިންތިހާބުގެ ދެވަނަ ބުރަށް ފަހު އާންމު ކުރާނެ ކަމަށެވެ.

ޓެގްސް: އެޗްއާރުސީއެމް ރިޔާސީ އިންތިޚާބު ޙައްޤުތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.