ޑިމޮކްރެޓުންގެ ޓީމުން ރާއްޖޭގެ ރަށެއްގައި ކެމްޕޭން ކުރަނީ. ފައިލް ފޮޓޯ

ހަބަރު

އެއްވެސް ކޮޅަކަށް ތާޢީދު ނުކުރާނެކަމަށް ނިންމައި ޑިމޮކްރެޓުން ބަޔާނެއް ނެރެފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 21 ސެޕްޓެންބަރ 2023 , ބުރާސްފަތި 10:46   486

ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް އިން އަމަލުކުރާނެ ގޮތާގުޅޭގޮތުން އެޕާޓީ އިން ބަޔާނެއް ނެރެފިއެވެ.

މި ބަޔާން ނެރެފައިވަނީ މިއަދު ހެނދުނުއެވެ.

ބަޔާނުގައި ވާގޮތުން، ޕާޓީގެ އިންޓެރިމް ކައުންސިލްގެ 7 ވަނަ ބައްދަލުވުމުން ނިންމުނު ގޮތަށް 20 ސެޕްޓެމްބަރ އާއި ހަމައަށް ދެވަނަ ބުރުގައި ވާދަކުރައްވާ ޕާޓީތަކުން ހުށަހެޅުގޮތަށް އެއްބަސްވެފައި ނުވާތީ، އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާޢީދުނުކުރަން ނިންމާފައިވާކަމަށެވެ.

ދެވަނަ ބުރުގައި ވާދަ ކުރައްވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވާދަކުރައްވާ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިހްއެވެ.

ޓެގްސް: ދަ ޑިމޮކްރެޓްސް ރިޔާސީ އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.