އަމިއްލަގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާފައިވާ ކެންޑިޑޭޓު ޢުމަރު ނަސީރު

ހަބަރު

ޢުމަރު ތާއީދުކުރައްވާނެ ކެންޑިޑޭޓަކާއި މެދު މިރޭ ގޮތެއް ނިންމަނީ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 21 ސެޕްޓެންބަރ 2023 , ބުރާސްފަތި 11:08   313

އަމިއްލަގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާފައިވާ ކެންޑިޑޭޓު ޢުމަރު ނަސީރު, އިންތިޚާބުގެ ދެވަނަ ބުރުގައި ތާޢީދުކުރާނެ ކެންޑިޑޭޓަކާއިމެދު މިރޭ ގޮތެއް ނިންމަވާނެކަމަށް ވިދާޅުވެއްޖެއެވެ.

ޢުމަރު ސޯޝަލްމީޑިއާގައި ޙިއްޞާކުރައްވާފައިވާ މެސެޖެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާގުޅޭގޮތުން އޭނާއާއި "ނިއު ޑިރެކްޝަން" [އާ މިސްރާބު] ޢުމަރުގެ ޓީމުން ނިންމާ ނިންމާގޮތް ހާމަކުރުން މިރޭ 9:30 ފޭސްބުކާއި ޓިކްޓޮކް މެދުވެރިކޮށް އިޢުލާނުކުރައްވާނެކަމަށެވެ.

ސޯޝަލްމީޑިއާގައިވާ ޢުމަރުގެ މެސެޖް

ޖުމްލަ 8 ކެންޑިޑޭޓަކު ވާދަކުރި އިންތިޚާބުގެ ފުރަތަމަ ބުރުގައި، މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވައި، ޢުމަރު ވަނީ 6 ހާހަށްވުރެ ގިނަ ވޯޓު ހޯއްދަވައިގެން އިންތިޚާބުގެ ފުރަތަމަ ބުރުން 4 ވަނަ ހޯއްދަވާފައެވެ.

އިންތިޚާބުގެ ތިންވަނައިގައި އޮތީ ޑިމޮކްރެޓްސް ޕާޓީއެވެ. އެޕާޓީ އިން ނިންމީ ދެވަނަ ބުރުގައި ދެ ކެންޑިޑޭޓުން ކުރެ ކެންޑިޑޭޓަކަށް ތާޢީދުނުކުރުމަށެވެ.

ސޯޝަލްމީޑިއާގައި އިއްޔެ ކޮށްފައިވާ އިތުރު ޕޯސްޓެއް

ޓެގްސް: އުމަރު ނަސީރު ރިޔާސީ އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.