ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު ރާއްޖޭގެ 50 އަށްވުރެ ގިނަ ރަށްރަށަށް ވަޑައިގެންފައިވާކަމަށް އެޕާޓީ އިން ބުނެފިއެވެ.
މުޢިއްޒު މިވަގުތު ގެންދަވަނީ ނ، ރ، ބ، ޅ، އަދި ކުޅުދުއްފުށީ ސިޓީއަށް ދަތުރުކުރައްވަމުންނެވެ. ކުޅުދުއްފުށްޓަށް ވަޑައިގެންފައިވަނީ އިއްޔެއެވެ.

ޕީއެންސީގެ ރަނިންގ މޭޓް ހުސެން މުޙައްމަދު ލަތީފު (ސެމްބެ) ވެސް ގެންދަވަނީ އަވަށްޓެރި ލަންކާއަށް ވަޑައިގެން ކެމްޕޭންކުރައްވަމުންނެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި، ވަގުތު ވެސް ކުޑަތަންވެފައި ވުމާއިއެކު، ދެ ބޭފުޅުން މާބޮޑު ދަތުރެއް ނުކުރައްވައެެވެ.
ފުރަތަމަ ބުރަށް ފަހު އެންމެ ފުރަތަމަ ވަޑައިގެންނެވީ ޕީއެންސީގެ ލީޑަރ އަބްދުއްރަޙީމްގެ ރަށަށެވެ. އެއީ އިންތިިޚާބުގައި އެންމެ ގިނަ ވޯޓު ނިސްބަތުން ޕީއެންސީ ކެންޑިޑޭޓަށް ލިބުނު ރަށެވެ.