އިލެކްޝަންސް ކަމިޝަނުން މީޑިއާތަކަށް މަޢުލޫމާތު ދެއްވަނީ

ހަބަރު

ނިޒާމީ ވޯޓް : ނަގަންވީ ކޮން ވޯޓެއްކަން ސާފެއް ނުވޭ، ބަޖެޓެއް ވެސް ނުލިބޭ - އީސީ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 23 ސެޕްޓެންބަރ 2023 , ހޮނިހިރު 12:25   555

ނިޒާމީ ވޯޓު، ނަގަންވީ ކޮން ވޯޓެއްކަން ސާފެއް ނޫވާކަމަށް އިލެކްޝަންސް ކޮމިޝަން އޮފް މޯލްޑިވްސް (އީސީ) އިން ބުނެފިއެވެ.

އީސީ އިން މިހެން ބުނެފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައެވެ.

އެ ބައްދަލުވުމުގައި ކަމިޝަންގެ ނައިބު ރައީސް އިސްމާޢިލް ޙަބީބު ވިދާޅުވީ 29 ގައި ނިޒާމީ ވޯޓަށް ތައްޔާރަށް އޮތް ނަމަވެސް "އަހަންވީ ސުވާލު" ސާފު ނުވާކަމަށެވެ.

އެހެންކަމުން އެކަން ސާފުކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ވެސް ދަންނަވާފައިވާކަމަށެވެ.

މީގެ އިތުރުން ވެސް ނިޒާމީ ވޯޓަކަށް ދާއިރު ރައްޔިތުން ހޭލުންތެރިކުރަން ޖެހޭކަމަށާއި، ހޭލުންތެރިކުރުމަކީ ކަމިޝަންގެ ޒިންމާއެއްކަމަށް ވާއިރު، ނިޒާމާއި ގުޅޭ އެންމެ ފުރިހަމަ މަޢްލޫމާތުތައް ބޭނުންވާކަމަށެވެ.

ހަމަ އެހެންމެ ބަޖެޓެއް ވެސް ލިބިފައި ނެތްކަމަށާއި، ބަޖެޓް ނުލިބޭނަމަ ވޯޓު ކުރިއަށް ނުގެންދެވޭނެކަމަށް ވެސް ވިދާޅުވިއެވެ. އެކޮމިޝަނުން ކުރިން ބުނެފައިވަނީ ފެންނަ ނުފެންނަ ވޯޓެއް ބޭއްވުމަށް 40 މިލިއަނެއްހާ ރުފިޔާ ބޭނުންވާނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ވަނީ ބުރާސްފަތި ދުވަހު، އަންނަ މަހުގެ 30 ގައި ނިޒާމީ ވޯޓެއް ބޭއްވުމަށް ނިންމައި އިލެކްޝަންސް ކަމިޝަނަށް އެކަން މަޖިލީހުގެ ފަރާތުން އެންގުމަށް ނިންމާފައެވެ. މި ވޯޓު 35 މެމްބަރުންގެ ތާޢީދާއިއެކު ފާސްވިނަމަވެސް ޕީޕީއެމްގެ އެއްވެސް މެމްބަރަކު ވޯޓުގައި ބައިވެރިވެފައި ނުވެއެވެ.

ޓެގްސް: އިލެކްޝަންސް ކަމިޝަން ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.