ޮޕީއެންސީގެ ރަނިންގ މޭޓް މުޙައްމަދު މުޢިއްޒު

ހަބަރު

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ބޭނުންވާނަމަ ވޯޓު ދެއްވުމަށް މުޢިއްޒު އެދިވަޑައިގެންފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 24 ސެޕްޓެންބަރ 2023 , އާދީއްތަ 10:24   429

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ބޭނުންވާނަމަ ވޯޓު ދެއްވުމަށް ރައީސް ކުރިމަތިލައްވާފައިވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިގޮތަށް އެދިވަޑައިގެންނެވީ މާލޭގައި ރޭ ބޭއްވުނު ކަންމަތީ ބައްދަލުވުމުގެ ތެރެއިންނެވެ.

51 ޕަސެންޓަށް އިތުރުވާ ކޮންމެ ވޯޓަކީ އިންޑިޔާ ސިފައިން މިތަނުން ބޭލުމަށް އެޅޭނެ ބާރެއް.

~ ޑރ. މުޢިއްޒު

މުޢިއްޒު އިތުރަށް ވިދާޅުވީ އެމަނިކުފާނަށް ވެރިކަމަށް ވަޑައިގެންނެވިއްޖެ ނަމަ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަކީ އެހާ އުނދަގޫކަމެއް ނޫންކަމަށެވެ. ދިވެހިންނަށް ގެއްލިފައިވާ މިނިވަންކަން އަލުން އަނބުރާ ހޯއްދަވައިދެއްވާނެކަމަށެވެ.

އެމްޑީޕީގެ މިސަރުކާރު ވެރިކަމަށް އައީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ގެއްލޭކަމަށާއި ކުކަތާވަރަށް ލޯނު ނަގަމުންދާކަމަށް ބުނެއެވެ. ނަމަވެސް ވެރިކަމަށް އައުމާއިއެކު ރާއްޖޭގެ މާލީ އަދި ޚާރިޖީ ހުރިހާކަމެއް ވަނީ ދައުލަތުގެ ސިއްރުގެ ގޮތުގައި ހިމަނާފައެވެ. އަދި އިންޑިއާއިން ރާއްޖެއާއި އެކަށީގެން ނުވާ މިންވަރަކަށް ލޯނު ނަގައި، ރާއްޖޭގައި އިންޑިއާ ސިފައިން ބޭތިއްބުމަށް ހުއްދަ ދީފައިވާކަމަށް އިދިކޮޅު ހުރިހާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ހަމަ އެހެންމެ، ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގައި ގިނަ ޢަދަދެއްގެ އިންޑިއާ ސިފައިން ތިބިކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ޓެގްސް: އިންޑިއާ ޕީއެންސީ ޑރ. މުއިއްޒު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.