މިއަދު ހެނދުނު އެ އޮފީހުގެ މުވައްޒަފުން މުޒާހިރާއަށް ނިކުމެ / ސމ

ހަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލް ގެ މުވައްޒަފުން މުޒާހިރާ ކުރަންފަށައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 24 ސެޕްޓެންބަރ 2023 , އާދީއްތަ 10:55 1   499

ސަރުކާރުގެ މިނިވަން މުއައްސަސާއެއް ކަމަށްވާ ޓެކްސް އެޕީލް ޓްރައިބިއުނަލް (ޓެޓް) ގެ މުވައްޒަފުން މުޒާހިރާ ކުރަންފަށައިފިއެވެ.

ޓެޓް އަކީ މުޅި ދައުލަތުގެ ޓެކްސްގެ ނިޒާމުގައި ހުރި އަދުލު އިންސާފު މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް އޮންނަ އިދާރާއެކެވެ.

މުޒާހިރާކުރަމުންދާ މިމުވައްސަސާގެ މުވައްޒަފުން ބުނަމުންދަނީ މުސާރަ ބޮޑުކޮށްދީފައި ނުވާތާ 12 އަހަރު ވެފައިވާކަމަށާއި މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ކަމާއިބެހޭ އިދާރާތަކުން އިޖާބަދެއްވާފައި ނުވާކަމަށެވެ.

އިންތިޚާބު ތެރޭގައި ވޯޓު ލިބޭނެހެން ހީވާ ކޮންމެ ބަޔަކަށް އަންނަނީ މުސާރަ ބޮޑުކޮށްދެމުން. އަހަރުމެން މިއީ މުވައްޒަފުންނަށް އިންސާފު ހޯދައިދޭން ކަނޑައަޅާފައި ތިބި މީހުން. ވަކި ވަކި ސެކްޓަރ ތަކުގެ މުސާރަ ހިތައް އެރި ގޮތަކަށް ބޮޑުކުރަމުން ދިއުމަކީ ގޯހެއް. މުސާރަ ބޮޑުކުރަން ޖެހޭނީ ޤައުމުގެ ފުދުންތެރިކަމުގެ ނިސްބަތުން. ހާމަނައިޒްޑް ހަމަހަމަ ނިޒާމެއްގެ ތެރެއިން.

~ މުޒާހިރާގެ ބައިވެރިއެއް

މުއައްޒަފުން ކުރާ މުޒާހިރާގައި ހުރި ބައެއް ޕޯސްޓަރުތަކުގައި ވާގޮތުން މުވައްޒަފުން ބުނެފައިވަނީ މީގެ 12 އަހަރު ކުރިން ފެށިގެން ދެމުން އަންނަ މުސާރައަކީ ދިރިއުޅުމުގެ ޚަރަދުތަކާއި ނުބައްދަލު ޢަދަދެއް ކަމަށެވެ. ތަކެތީގެ އިންތިހާއަށް ބޮޑުވެފައިވާއިރު، ދިރިއުޅުމުގެ ޙާލަތު ވަރަށް ބޮޑުތަން ދަށްވެފައިވާކަމަށާއި، މުސާރަ ބޮޑު ނުވާނަމަ ވަޒީފާދޫކުރަން މަޖުބޫރު ވާނެކަމަށެވެ.

މިހާތަނަށް ސަރުކާރުން އަދި މިކާމާއި ގުޅޭގޮތުން ބަހެއް ބުނެފައި ނުވެއެވެ.

ޓެގްސް: ވަޒީފާ ޙައްޤުތައް މުޒާހިރާ/ ހަޅުތާލު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.