ރައީސް ނަޝީދު އާއި ރައީސް ސޯލިހް، މަޝްވަރާތަކުގައި ކުރިއެރުން ހޯދިފައިނުވޭ

ހަބަރު

ރައީސް ނަޝީދުގެ ތާޢީދު ހޯއްދެވުމަށް، އަނެއްކާވެސް ރައީސް ސޯލިޙް އެދިވަޑައިގެންފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 24 ސެޕްޓެންބަރ 2023 , އާދީއްތަ 13:38   494

ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި އެމަނިކުފާނަށް ތާޢީދުކޮށްދެއްވުމަށް އެދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް އަނެއްކާވެސް، ރައީސް މުޙައްމަދު ނަޝީދުގެ ކިބައިން އެދިވަޑައިގެންފިއެވެ.

މީގެ ކުރިންވެސް ދެބޭފުޅުން ވަނީ ފޯނުންވެސް މަޝްވަރާތަކެއް ކުރައްވާފައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ނަޝީދު ނިސްބަތްވާ ޑިމޮކްރެޓްސް ޕާޓީ އަށް ތިންވަނަ ލިބުނުއިރު، އެޕާޓީގެ މެމްބަރުންގެ ތާޢީދާއި ނުލައި ރައީސް ސޯލިޙުއަށް އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުޞަތު ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ.

ރައީސް ނަޝީދުގެ ހުށަހެޅުއްވުމަކީ ރިޔާސީ އިންތިޚާބުގެ ކުރިން ރައީސް ސޯލިޙް އިސްނަންގަވައިގެން، ބަރުލަމާނީ ނިޒާމަކަށް ބަދަލުވުމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމެވެ. ނަމަވެސް މިހާތަނަށް އައިއިރު މި މަޝްވަރާތަކުގައި މާބޮޑު ކާމިޔާބެއް ހޯދިފައިނުވެއެވެ. ދެވަނު ބުރުގެ ކުރިން އެފަދަ ވޯޓެއް ބޭއްވުމަށް ރައީސް ސޯލިޙް އުޒުރުވެރިވެވަޑައިގަނެއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ އެއީ "އެހާ ޕްރެކްޓިކަލް" ކަމެއް ނޫންކަމަށެވެ.

މިއަދުގެ ދެބޭފުޅުންގެ ބައްދަލުވުމަށްފަހު ރައީސް ސޯލިޙް ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގަމުންދާ ކަންކަމާއިމެދު މަޝްވަރާކުރެވުނުކަމަށެވެ.

އެކަމާއި ބެހޭގޮތުން ވާހަކަ ދެކެވުނު [ސީދާ ކޮންކަމެއްކަން ސާފެއްނުވޭ]. ތަފުސީލު އަޅުގަނޑުމެން ފަހުން ހާމަކުރާނަން.

~ ރައީސް ސޯލިހް

މަޢްލޫމާތު ލިބޭގޮތުގައި، ރައީސް ނަޝީދު އެދިވަޑައިގަންނަވާ ގޮތަށް ރައީސް ސޯލިޙް އަށް އަދިވެސް އެއްބަސްވުމަކަށް އާދެވިފަ ނުވެއެވެ. އަދި މިއަދުގެ ބައްދަލުވުމަކީ ވެސް ރައީސް ސޯލިޙްގެ އިސްނެންގެވުމުގެ މަތިން ކުރިއަށް ގެންދެވުނު ބައްދަލުވުމެއްކަމަށް ވެސް މަޢްލޫމާތު ލިބެއެވެ.

މަޝްވަރާތަކުގައި ކުރިއެރުން ލިބިފައި ނުވާއިރު، ޑިމޮކްރެޓްސް ޕާޓީގެ އިންޓެރިމް ކައުންސިލުން ވަނީ އެއްވެސް ކޮޅަކަށް ރަސްމީ ސިފައެއްގައި ޕާޓީއިން ތާޢީދުނުކުރާނެކަމަށް އެއްބަސްވެ ޤަރާރުވެފައެވެ. ނަމަވެސް، ރޭ ޕީއެންސީގެ ރަނިންގމޭޓު ސެމްބެ ވަނީ ޑިމޮކްރެޓުންގެ ކެމްޕޭން ލީޑަރުންނާއި ބައްދަލުކުރައްވާ، އޭގެ ތެރެއިން ގިނަބައެއްގެ ތާޢީދު އެޕާޓީއަށް ހޯދާފައިކަމަށް ޑިމޮކްރެޓުން ވެސް ބުނެއެވެ.

ގުޅޭ ފުޓޭޖް

ޓެގްސް: ރައީސް މުހައްމަދު ނަޝީދު ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް ރިޔާސީ އިންތިޚާބު ދަ ޑިމޮކްރެޓްސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.