ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޙައްމަދު މުޢިއްޒު

ހަބަރު

ރައްޔިތުންނަށް އެެއްވެސް ކަމެއް ނުފޮރުވާނަން : ޑރ. މުޢިއްޒު

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 26 ސެޕްޓެންބަރ 2023 , އަންގާރަ 08:48   563

އެމަނިކުފާނުގެ ވެރިކަމެއްގައި ރައްޔިތުންނަށް ފޮރުވަން ޖެހޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި އެއްވެސްކަމެއް ނުފޮރުވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުޢިއްޒު އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ކަންކަން ފޮރުވައިގެން ގައުމަކަށް ހަމަޖެހުމެއް ނާންނާނެ ކަމަށެވެ.

އެމަނިކުފާނު މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ ކެމްޕޭނަށް ރޭ ލ. ގަމަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގެ ތެރެއިންނެވެ.

ޚިދުމަތް ކުރަން އަންނަ ބަޔަކު ފޮރުވަން ޖެހޭކަމެއް ނޯންނާނެ. އަޅުގަނޑުގެ ސަރުކާރެއް ވެގެންދާނީ ފަސްބައި ސާފު، ހިދުމަތްކުރުމުގައި ދެފުށް ފެންނަ ސަރުކާރަކަށް.

~ ޑރ. މުޙައްމަދު މުޢިއްޒު

މާލެ ސިޓީގެ މޭޔަރުކަން ވެސް ކުރައްވަމުން ގެންދަވާ މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ރައްޔިތުންނަށް ޖަވާބުދާރީ ނުވެވޭ އެއްކަމެއް ވެސް ނުކުރައްވާނެ ކަމަށެވެެ. އަދި މިނިވަން މުވައްސަސާތަކުގެ ދައުރު ފުޅާކުރައްވާނެކަމަށާއި، ޖުޑިޝަރީ ވެސް ނުފޫޒުން އެއްކިބާކޮށް މިނިވަން ތަނަކަށް ބަދަލުކުރައްވާނެކަމަށް ވެސް ވަޢްދުވެވަޑައިގަތެވެ.

"ޗެކް އެންޑް ބެލެންސް ފުރިހަމަ ގޮތުގައި ގާއިމް ކުރާނަން." މުޢިއްޒު ވިދާޅުވިއެވެ.

ޓެގްސް: ޑރ. މުއިއްޒު ރިޔާސީ އިންތިޚާބު ޕީއެންސީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.