ޔޫކްރޭންގެ އޮޑެސާ ސަރަހައްދުގައި ރަޝިޔާގެ ޑްރޯންތަކުން ދިން ހަމަލާތަކާ ގުޅިގެން ރަކްތަކުގައި އަލިފާން ރޯވެފައި

ހަބަރު

ރަޝިޔާގެ 38 ޑްރޯންގެ ތެރެއިން 26 ޑްރޯން އެއް ރޭ ތެރޭގައި ވެއްޓާލައިފިކަމަށް ޔޫކްރޭނުން ބުނެފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 26 ސެޕްޓެންބަރ 2023 , އަންގާރަ 12:23   468

ރަޝިޔާގެ 38 ޑްރޯންގެ ތެރެއިން 26 ޑްރޯން އެއް ރޭ ތެރޭގައި ވެއްޓާލައިފިކަމަށް ޔޫކްރޭނުން ބުނެފިއެވެ.

މިކަން ހިނގާފައިވަނީ، ރަޝިޔާއިން ޔޫކްރޭނަށް ހަމަލާދިނީ 38 ޑްރޯން އިން ކަމަށް ޔޫކްރޭންގެ ވައިގެ ސިފައިން އަންގާރަ ދުވަހު ބުނިފަހުންނެވެ.

މިދިޔަ ހަފްތާގައި ރަޝިޔާގެ ކަނޑުގެ ސިފައިންގެ ކްރައިމިއާގެ މައި މަރުކަޒަށް ގޮއްވާލި މިސައިލް ހަމަލާގައި ފްލީޓް ކޮމާންޑަރު ހިމެނޭ ގޮތަށް 34 އޮފިސަރުން މަރުވެފައިވާ ކަމަށް ވެސް ޔޫކްރޭނުން ބުނެފައިވެއެވެ.

މި ޑްރޯންތަކުގެ އެހީގައި، ދަނޑުވެރިކަމުގެ ބާވަތްތައް އެކްސްޕޯޓްކުރާ ޑޭނިއުބް ކޯރުގެ ބަނދަރު އިޒްމާއީލަށް އަނެއްކާވެސް ހަމަލާދީފައިވާ ކަމަށެވެ. އެންމެ ފަހުން ޑްރޯން ހަމަލާ ދީފައިވަނީ މިދިޔަ ހަފްތާގައި ކްރައިމިއާއަށް ދިން މިސައިލް ހަމަލާއެއްގައި ރަޝިޔާގެ ކަޅު ކަނޑުގެ ފްލީޓްގެ ކޮމާންޑަރު މަރާލާފައިވާ ކަމަށް ކިއެވް އިން ބުނިތާ އެއް ދުވަސް ފަހުންނެވެ.

ޓެގްސް: ޔޫކްރެއިން ރަޝިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.