އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް

ހަބަރު

ޖަގަހަތައް ބަންދުކޮށް ކެމްޕޭން ހުއްޓާލާފައިވާތީ އެމްޑީޕީ ދޫކޮށް މުޢިއްޒާއެކު ނިކުންނަން އެމްޑީއޭ އިން ނިންމައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 27 ސެޕްޓެންބަރ 2023 , ބުދަ 10:17   487

ސަލްޓްރެވެލް ޝިޔާމް އިސްވެ ހިންގަވާ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލައެންސް (އެމްޑީއޭ) އިން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ދޫކޮށް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓާއިއެކު ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި ނިކުންނަން ނިންމައިފިއެވެ.

މިކަން މިގޮތަށް ނިންމާފައިވަނީ އެޕާޓީ އިން ރޭ 34 މެމްބަރުންނާއިއކު ބޭއްވި ކައުންސިލް މެމްބަރުންގެ ބައްދަލުވުމުން 32 މެމްބަރުންގެ ތާޢީދާއިއެކު އަޢުލަބިއްޔަތުންނެވެ.

އެމްޑީއޭ އިން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، އިތުރު ޕާޓީއަކުން ދެވަނަބުރުގައި ސަރުކާރާއިއެކު ކޯލިޝަން ނެހެދުމާއި ރަށްރަށުގެ ކެމްޕޭން އޮފީސްތައް ބަންދުކޮށް ކެމްޕޭން ދެ ހަފްތާ ވަންދެން މެދުކަނޑާލާފައިވާތީއެވެ.

ހުރިހާ ރަށެއްގެ ޖަގަހަތައް ބަންދުކޮށް 15 ދުވަސް ވަންދެން އެއްވެސް ހަރަކާތެއް ނުހިނގާ މިއޮތް ގޮތަށް އޮތުމަކީ އެއީ ޚުދު ބަލި ގަބޫލުކުރުން

~ ޢަލީ މައުރޫފް

އެމްޑީއޭގެ ކައުންސިލް ބައްދަލުމުގައި، އެމްޑީޕީ ކޯލިޝަނުން ވަކިވުމާއި ދެކޮޅުހެއްދެވީ ހަމައެކަނި، އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު ޝައިބް އަލީ އާއި އަނބިކަބަލުންނެވެ. އެދެބޭފުޅުންވެސް ވަނީ މިހާރު ޕާޓީ ދޫކުރައްވައި އެމްޑީޕީ އާއި ގުޅިވަޑައިގެންފައިކަމަށް މަޢުލޫމާތު ލިބެއެވެ.

ޓެގްސް: އެމްޑީއޭ އެމްޑީޕީ ރިޔާސީ އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.