ގިނަ ޢަދަދެއްގެ އިންޑިއާ ސިފައިން އައްޑޫސިޓީގައި ޙަރަކާތްތެރިވާ މަންޒަރު.

ހަބަރު

ބްރޭކިންގ ނިއުސް : އިންޑިއާ ސިފައިން އައްޑޫގައި ޙަރަކާތްތެރިވާކަން ކަށަވަރުކުރެވިއްޖެ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 27 ސެޕްޓެންބަރ 2023 , ބުދަ 12:05   259

މިޚަބާރާއި ގުޅޭ ވީޑިއޯ ރިޕޯޓް ތިރީގައި

އައްޑޫގައި އިންޑިއާ ސިފައިންގެ 34 ސީނިއާ އޮފިސަރުން ޙަރަކާތްތެރިވަމުން އަންނަކަން ވަރަށް އިތުބާރުހުރި ގޮތަކަށް އެކްސްޕްރެސް ނިއުސް އަށް މަޢުލޫމާތު ލިބިއްޖެ.

މި އޮފިސަރުންގެ ތެރޭގައި ކޮމާންޑަރ ލެވެލްގެ 5 އޮފިސަރުން ހިމެނޭ.

މި އޮފިސަރުން ދިރިއުޅެނީ އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ތެރެއިން ފޭދޫ، މަރަދޫ ފޭދޫ، އަދި މަރަދޫގެ 12 ގެ އެއްގައި.

މިމަޢްލޫމާތު ލިބުމާއިއެކު އެކްސްޕްރެސް ނިއުސްގެ ނިއުސް ޓީމުން ވަނީ މިސަރަޙައްދުތަކަށް ޒިޔާރަތްކޮށް އެހިސާބުގަނޑުގައި ދިރިއުޅޭ ބައެއް ޢާއްމުންނާއި ސުވާލުކޮށް މަޢުލުމާތު ހޯދާފައި.

މިކަމުގެ މަޢްލޫމަތު އެނގޭ މީހަކު ކިޔައިދިން ގޮތުގައި ކޮމާންޑާރ ލެވެލްގެ އޮފިސަރު ދިރިއުޅެނީ ކޮންމެ އޮފިސަރަކަށް ގެއެއް ކުއްޔަށް ހިފުމަށްފަހު. އޭގެ ދަށް ލެވެލްގެ އޮފިރުން ކޮންމެ 2 އޮފިސަރަކަށް ގެއެއް. ދެން ބާކީ ތިބި އޮފިސަރުން ދެން ހުރިގެތަކަށް ބަހާލާފައި.

އިންޑިއާ ސިފައިންގެ މިއޮފިސަރުންނާއި ގުޅޭގޮތުން ވާހަކަ ދައްކަމުން އެހެން މީހަކު ބުނެފައިވަނީ، އެމީހުން ކޮންމެ ދުވަހަކު ވެސް ނިކުމެ ރަށުތެރޭގައި ޙަރަކާތްތެރިވާކަމަށް. ބައެއް މީހުން ޑިއުޓީ ބަހައިގެން އެއަރޕޯޓުގެ ވަކި ސަރަޙައްދުތަކެއްގައި އުޅޭކަމަށާއި، ދޭތެރެއިން ހެލިކޮޕްޓަރުން ނިކުމެ ދުއްވާކަމަށް ވެސް އެހެން މީހަކު ބުނެފައިވޭ. މި ހެލިކޮޕްޓަރަކީ އިންޑިއާ ސަރުކާރުން އެމެޖެންސީ ޙާލަތެއްގައި ބޭނުންކުރުމަށް ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރެއް. މީގެ ދެ ދުވަހެއް ކުރިން ވެސް ހެލިކޮޕްޓަރުން އައްޑޫގެ އެކި ސަރަޙައްދުގައި ދުއްވާފައިވޭ.

މިހުރިހާ އެންމެންގެ ދަތުރުފަތުރަށް ބޭނުންކުރުމަށް ކުއްޔަށް ހިފާފައި އޮތް 5 ކާރަކާއި 2 ވޭނެއް ވެސް ގެންގުޅޭކަމަށް ވެސް މަޢުލޫމާތު ދިން މީހަކު ބުނެފައިވޭ. އަދި އެމީހުން ކައިބޮއި ހަދަނީ މަރަދޫފޭދޫ ބޮޑުމަގުގައި ހުންނަ ބެލްލަމް ވިލާ ކިޔާ ގެއަކުން. އެކްސްޕްރެސް ނިއުސްގެ ނިއުސްޓީމުން ކުރި މަސައްކަތުން، އެ ހުރިހާ އެންމެން ކެއުމަށް ކަނޑައެޅިފައިވާ ގަޑިތަކުގައި ވަދެ ނިކުމެ ހަދާކަން ކަށަވަރުކުރެވިފައިވޭ.

ބެލްލަމް ވިލާގެ އިތުރުން އެމީހުން ދިރިއުޅޭ އެހެން ގެ ތަކުގެ ތެރޭގައި ރޫބީ، ފެންނާރު، ޕްރިންސިޕަލް، ރިހި އަލި، ފިނި އައްސޭރި، އަރުތަ، މީނާ، އައިސްގެ، ރަންސަރަ، އަދި ދުނާޔަތު ހިމެނޭ. މިހުރިހާ ގެ ތަކަކީ ވެސް މަރަދޫ އާއި ފޭދޫ އަދި މަރަދޫފޭދޫގެ ގެތައް.

މި ގެތަކަށް މީހުން ބަދަލު ކުރެވިފައިވަނީ 2021 ވަނަ އަހަރުކަމަށް މަޢުލޫމާތު ލިބޭ. އޭގެ ކުރިން އެމީހުން ދިރިއުޅެމުން އައީ ގަމުގައި ދޫގަހުގައި.

ބައެއް އައްޑޫގެ ރައްޔިތުން ތުޙުމަތުކުރާގޮތުގައި އައްޑޫގައި މަސައްކަތްކުރާ އިންޑިއާ ކުންފުނިތަކުގެ މަސައްކަތު މީހުންގެ ތެރޭގައި ވެސް އިންޑިއާ ސިފައިން ހިމެނޭކަމަށް ޝައްކުކުރެވޭ.

އިބްރާހީމް މުޙައްމަދު ސާލިހްގެ މި ސަރުކާރަކީ އިންޑިއާއާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ ސަރުކާރެއް. ފާއިތުވެގެން މިދާ ފަސް އަހަރުގައި ދިވެހިން އެންމެބޮޑަށް ކަންބޮޑުވާ އެއް މައްސަލައަކީ އިންޑިއާގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވާކަމުގެ ކަންބޮޑުވުން. އަދި އެކަމާ ދެކޮޅު ކެންޕޭން އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ހިންގަމުން އަންތާ އެތަކެއް އަހަރެއް ފާއިތުވެ ހިނގައްޖެ. ނަމަވެސް، މި އަދާ ހަމައަށްވެސް ސަރުކާރުން އަންނަނީ މިކަމަށް އިންކާރުކޮށް ރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި އިންޑިއާ ސިފައިން ނުތިބޭނެކަމަށް ބުނާބުނުން ތަކުރާރު ކުރަމުން. .

ރާއްޖޭގައި އެހެން ޤައުމެއްގެ ސިފައިން ބޭތިއްބުމަށް ގިނަ ރައްޔިތުން ބޭނުން ނުވާކަން ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުން ވެސް ސާފުވޭ. ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ގެ އެންމެ ބޮޑު އެއް ވަޢުދަކީ އިންޑިއާ ސިފައިން ބޭލުން. އެމަނިކުފާނު ވިދާޅުވެފައިވަނީ ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ވެސް މަސައްކަތް ކުރައްވާނީ އެމަސައްކަތް ފުރިހަމަ ކުރުމަށްކަމަށް.

އައްޑޫ ސިޓީގެ ކައުންސިލް ގެ ފޭދޫ ދާއިރާގެ ދެ މެމްބަރުން ކަމުގައި އާމިނަތު ސަލްމާ އާއި މުޙައްމަދު ފައިސަލް ވެސް ވަނީ އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ގިނަ ޢަދަދަކަށް އިންޑިއާ ސިފައިން ތިބިކަން ކަށަވަރުކޮށްދެއްވާފައި. ނަަމަވެސް، ކަމާއި ގުޅޭ އިދާރާތަކުން އެއްވެސް ސިފައެއްގައި ކައުންސިލާއި ވެސް ކައުންސިލަރުންނާއި ވެސް މިކަމާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ޙިއްޞާކޮށްފައި ނުވާކަމަށާއި، އައްޑޫގެ ރައްޔިތުން މިކަމާއި ނުހަނު ކަންބޮޑުވާކަމަށް ވިދާޅުވި.

އިންޑިއާ އާއި އެކު މި ސަރުކާރުން ގިނަ މިލިޓަރީ އެއްބަސްވުންތަކާއި ލޯނު އެގްރިމެންޓްތައް ހަދާފައިވާއިރު، ހަދާފައިވާ އެއްބަސްވުންތައް ޢާއްމުކޮށްފައި ނުވާތީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް އަންނަނީ ކަނބޮޑުވުން ފާޅުކުރަމުން.

މަޖިލީހުގެ ޤައުމީ ސަލާމަތާއި ބެހޭ ކޮމިޓީއިން އެ އެއްބަސްވުންތައް ހޯދަން އެދުމުން ވެސް ސަރުކާރުން އެ އެއްބަސްވުންތައް ފޯރުކޮށްދީފައި ނުވާއިރު، ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ދެކެނީ މިސަރުކާރު ފޮރިން ޕޮލިސީ ފޭލިވެ ގައުމު ނުރައްކަލަކަށް ވެއްޓިފައިވާކަމަށް.

ޓެގްސް: އިންޑިއާ އައްޑޫ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.