ކައުންސިލަރ ފައިސަލް، އަދި ގައްސާނު މައުމޫން

ހަބަރު

އައްޑޫސިޓީ ކައުންސިލަރ މުޙައްމަދު ފައިސަލް ޕީޕީއެމް އަށް ސޮއިކުރައްވައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 29 ސެޕްޓެންބަރ 2023 , ހުކުރު 15:32   989

އައްޑޫސިޓީ ކައުންސިލަރ މުޙައްމަދު ފައިސަލް ޕީޕީއެމް އަށް ސޮއިކުރައްވައިފިއެވެ.

ފައިސަލް ސޮއި ކުރެއްވީ ޕީޕީއެމްގެ ފަރާތުން ގައްސާން މައުމޫންގެ ޙާޒިރުގައެވެ.

އައްޑޫ ސިޓީ ކައުންސިލަށް ފައިސަލް ހޮވި ވަޑައިގެންނެވީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައެވެ. ނަަމަވެސް ދައުރުގެ މެދުތެރެއިން ޕާޓީ ބަދަލުކުރައްވާފައިވެއެވެ. އެހެންކަމުން މިއީ އަނެއްކާވެސް ޕީޕީއެމް އަށް އެނބުރި ދިއުމެކެވެ.

ނިމި ދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި، މުޅި އައްޑޫ އިން ރައީސް ސޯލިޙް އަޢުލަބިއްޔަތު ހޯއްދެވި ނަމަވެސް، ފޭދޫ އިން އަޢުލަބިއްޔަތު ހޯދާފައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު މުޙައްމަދު މުޢިއްޒުއެވެ.

ފޭދޫގެ ދެވަނަ ދާއިރާ ކަމުގައިވާ މަގުއްދޫ ދާއިރާގެ ކައުންސިލަރ އާމިނަތު ސަލްމާ އަކީ ވެސް ޕީޕީއެމް އަށް ނިސްބަތްވާ ކައުންސިލަރެކެވެ.

ޓެގްސް: އައްޑޫ ސިޓީ ކައުންސިލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.