އިންތިޚާބުގައި ވޯޓުލާ މަރުކަޒެއް

ހަބަރު

ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ ވޯޓުލުން ފެށިގެން ކުރިއަށް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 30 ސެޕްޓެންބަރ 2023 , ހޮނިހިރު 09:28   224

ވާދަވެރި ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ ވޯޓުލުން ފެށިގެން ކުރިއަށްއެބަދެއެވެ.

މިއަދު ހެނދު 9 އެއް ޖެހުމާއި ހަމައަށް ވޯޓުލާން ކަނޑައަޅާފައިވާ ގިނަ މަރުކަޒުތަކުގައި ވޯޓުލުމުގެ މަސައްކަތް ފެށިފައިވާކަމަށް އިލެކްޝަންސް ކަމިޝަނުން ބުނެފައިވެއެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓައި ރަނިންގެ މޭޓް ވަނީ ވޯޓު ލައްވާފައެވެ.

ދެ ވަނަ ބުރުގައި ވެސް ފުރުތަމަ ބުރުގެ، އޮބްޒާވަރުންނާއި މޮނިޓަރުންނަށް ހަމަ އެފާސްތައް ބޭނުންކޮށްގެން އިންތިޚާބީ މަރުކަޒުތަކަށް ވަދެވޭނެ އިންތިޒާމު ކަމިޝަނުން ހަމަ ޖައްސާފައިވެއެވެ.

ދެ ވަނަ ބުރުގައި 586 ވޯޓުފޮށި ބަހައްޓައެވެ. އަދި މިއީ 408 ވޯޓުފޮށި އިތުރު ޢަދަދެކެވެ. ހަމައެހެންމެ ރާއްޖެއިން ބޭރުގެ 5 ފޮށްޓެއް ހިމެނެއެވެ.

ވޯޓު ލުމުގެ ހައްގު 282،804 މީހަކަށް ލިބެ އެވެ. އެއީ، 138،394 އަންހެނުންނާއި 144،410 ފިރިހެނުންނެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި ޑރ. މުހައްމަދު މުއިއްޒު އަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. ފަރަގުގައި 15،000 އަށްވުރެ ގިނަ ވޯޓު ހުއްޓެވެ.

"ވީހާ ވެސް އަވަހަކަށް ވޯޓު ލުމުގެ ހައްގު އަދާކުރައްވާ،" އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް އިލްތިމާސްކުރައްވާފައިވެއެވެ. އިންތިޚާބުގެ ވޯޓުލުން މިއަދު ހަވީރު 5 ޖެހުމާއި ހަމައަށް ކުރިއަށް ދާނެއެވެ.

ޓެގްސް: އިލެކްޝަންސް ކަމިޝަން ރިޔާސީ އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.