ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ދާއިމީ ނަތީޖާ އިއުލާން ކުރުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 8 ވާ އާދިއްތަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވަގުތީ ނަތީޖާތައް އީސީ އިން ވަނީ އިއްޔެ ވަނީ އާންމުކޮށްފައެވެ.
އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ މި މަހުގެ 8 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން އިއުލާން ކުރާނެ ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ސޯލިޙް އާއި ވަދަކުރައްވައި، 19,290 އަށް ވުރެބޮޑު ވޯޓުގެ ފަރަގަކާއި އެކު ކުރި ހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓް، ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މުޢިއްޒު އަށް ލިބި ވަޑައިގެންނެވީ ޖުމްލަ 129،159 ވޯޓެވެ. އަދި ރައީސް ސޯލިޙް އަށް ލިބި ވަޑައިގެންނެވީ 109،868 ވޯޓެވެ.
ރައީސް ސޯލިޙް ވަނީ އިންތިޚާބުން ބަލިވެ ވަޑައިންގެފައިވާކަން ޤަބޫލުކުރައްވައި ޑރ. މުޢިއްޒު އަށް މަރުޙަބާ ދަންނަވާފައެވެ.
