ކުރިއަށް އޮތް 4 ދުވަހު ވެސް ވިއްސާރަ، ބޯކޮށް ވާރޭ ވެހޭނެތީ ސަމާލުވުމަށް އެދެފި

ހަބަރު

ހުޅަނގު މޫސުމުގެ ވިއްސާރަ، މެދު ރާއްޖެތެރެ އާއި އުތުރަށް ވިއްސާރަ، މާލޭގައި ފެން ބޮޑުވެއްޖެ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 2 އޮކްޓޯބަރ 2023 , ހޯމަ 10:29   390

ރާއްޖޭގެ މޫސުމް ގޯސްވެ، ކުރިއަށް އޮތް 4 ދުވަހުވެސް އުތުރާއި މެދު ރާއްޖެތެރެއަށް ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައިފިއެވެ.

ށ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ހުދު މޫސުމް ވަރަށް ގޯސްވާނެތީ، ހުދު ސަމާލު ނެރެފައިވެއެވެ. މިސަރަޙައްދުތަކުގައި، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ވިލާގަނޑުގައި 40 މޭލަށް ވައި ބާރު ވާނެއެވެ.

ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށް ވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ. މިއީ ހުޅަނގު މުސުމުގެ ވިއްސާރައިން ބައެކެވެ.

މޫސުމާއި ގުޅޭ ޤައުމީ އިދާރާއިން ވިދާޅުވީ މިހާރު ރާއްޖެއަށް ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ.

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ އުތުރުގެ އަތޮޅުތަކުގެ ރައްޔިތުން މޫސުމަށް ސަމާލުވުމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މޫސުމް ގޯސްވެ އިއްޔެ އާއި ރޭ މާލެއަށް ވެސް ބޯކޮށް ވާރޭވެހި ފެން ބޮޑުވެފައިވެއެވެ.

ޓެގްސް: ވިއްސާރަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.