ރައީސް އޮފީހުގައި އިންތިޚާބަށްފަހު ދެބޭފުޅުން ބައްދަލުކުރައްވަނީ

ހަބަރު

ރައީސް މުޢިއްޒު ރައްޔިތުންނާއި ބައްދަލުކުރެއްވުން މިރޭ، ރައީސް ސޯލިޙް ނޫސްވެރިންނާއި ބައްދަލުކުރެއްވުން މިއަދު

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 2 އޮކްޓޯބަރ 2023 , ހޯމަ 10:45   299

ރާއްޖޭގެ ރައީސުލް މުޖްހޫރިއްޔާކަމަށް އަލަށް އިންތިޚާބު ވެފައިވާ ޑރ. މުޙައްމަދު މުޢިއްޒު އާއި އިންތިޚާބުގައި ނާކާމިޔާބުވެ ވަޑައިގެންނެވި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިޙް މިރޭ ރައްޔިތުންނާއި ބައްދަލުކުރައްވާނެކަމަށް ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން ބުނީ މިރޭ ވެސް އެ ޖަލްސާ އޮންނާނީ އާޓިފިޝަލް ބީޗުގައި މިރޭ 9.00 ގައި ކަމަށެވެ. މިއީ އެމަނިކުފާނު އިންތިޚާބު ވެވަޑައިގަތުމުން ރައްޔިތުންނަށް ޝުކުރު ދެންނެވުމުގެ ގޮތުން ބާއްވާ ބައްދަލުވުމެކެވެ. މިޖަލްސާ ބޭއްމުވަށް ރޭ ނިންމުނު ނަމަވެސް، ޖަލްސާ ފަސްކުރީ މޫސުމް ގޯސްވުމުންނެވެ.

ރައީސް މުޢިއްޒު އައީ ދެބޭފުޅުން ވެސް ވަނީ ރައީސް އޮފީހުގައި ބައްދަލުކުރައްވާފައެވެ. އަދި ރައީސް ސޯލިޙް ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ.

މިހާރު ކުރިއަށް ދަނީ ވެރިކަން ބަދަލުކުރުމުގެ މަރުޙަލާ ކަމުގައި މަޢްލޫމާތު ލިބިފައިވެއެވެ.

ރައީސް ސޯލިޙް ނޫސްވެރިންނާއި ބައްދަލުކުރެއްވުން

ރައީސް ސޯލިހް މިއަދު ހެނދުނު 11 ޖަހާއިރު ނޫސްވެރިންނާއި ބައްދަލުކުރައްވާނެއެވެ. މިއީ އިންތިޚާބުގައި ނާކާމިޔާބު ވެވަޑައިގަތްފަހުން ނޫސްވެރިންނާއި ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.

ޓެގްސް: ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް ޑރ. މުއިއްޒު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.