ޕީއެންސީ އަށް އެންމެ ގިނަ ވޯޓު ލިބުނީ ހުޅުދޫ އިން. އެއީ 61 ޕަސެންޓް
އެމްޑީޕީ އަށް އެންމެ ގިނަ ވޯޓު ލިބުނީ ހިތަދޫ ދެކުނު ދާއިރާއިން. އެއީ 63 ޕަސެންޓް

މާލޭގައި ހުރި އައްޑޫގެ ވޯޓު ފޮށިތަކުން 440 ވޯޓު ބާތިލު ވެފައިވޭ. ޖުމްލަ 593 ވޯޓު އައްޑޫ އިން ބާތިލުވި.
އެންމެ ގިނަ ބާތިލު ވޯޓު ލާފައިވަނީ މީދޫ، ހުޅުދޫ، އަދި މަރަދޫ އިން. މީދޫ އިން 5 ޕަސެންޓް އަކީ ބާތިލު ވޯޓު. ނިސްބަތުން އެންމެ ގިނަ މީހުން ވޯޓު ލާން ނިކުތީ ވެސް މީދޫ އިން. އެއީ 87 ޕަސެންޓް މީހުން.
ބާތިލު ވޯޓު އެންމެ މަދުން ހުރީ ފޭދޫ 1 ނަމްބަރު ފޮށީގައި. އެއީ 5 ބާތިލު ވޯޓު. މިފޮށްޓަށް ޖުމްލަ 413 މީހަކު ވޯޓު ލާފައިވޭ.
އައްޑޫގެ ފޮށިތަުގެ ތެރެއިން އެއް ފޮށްޓަކަށް އެންމެ ގިނަ ބާތިލު ވޯޓު ހިމެނިފައިވަނީ މަރަދޫ 2 ނަމްބަރު ފޮށި. އެ ފޮށީގައި ޖުމްލަ 29 ބާތިލު ވޯޓު ހިމެނޭ. ޖުމްލަ 420 މީހަކު މި ފޮށްޓަށް ވޯޓު ލާފައިވޭ.
އައްޑޫގައި ބެހެއްޓުނު ފޮށި ތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ވޯޓު ލާފައިވަނީ މަރަދޫ އެއް ނަމްބަރު ފޮށްޓަށް. މި ފޮށްޓަށް ޖުމްލަ 703 މީހަކު ރަޖިސްޓްރީކޮށްފައިވާއިރު، 586 މީހަކު ވޯޓު ލާފައިވޭ. މި ފޮށި ކާމިޔާބު ކުރީ އެމްޑީޕީ އިން. މި ފޮށީގައި ވަނީ 10 ބާތިލު ވޯޓު.
އެވްރެޖްކޮށް ހުރިހާ ސަރަޙައްދަކުން ވެސް 80 އިންސައްތަ އަށްވުރެ ގިނަ މީހުން ވޯޓުލުމަށް ނިކުމެފައިވޭ.
އެންމެ މަދުން ވޯޓު ލާން ނިކުތީ ހިތަދޫ އުތުރު ދާއިރާ އިން. އެއީ 80 ޕަސެންޓް މީހުން.