އިލެކްޝަންސް ކަމިޝަން (އީސީ) ގެ ރައީސް ފުވާދު ތައުފީގު

ހަބަރު

ނިޒާމީ ވޯޓަށް އިތުރު ވަޤުތު ބޭނުންވޭ، ސުވާލާއި އެކު ޖަވާބުތައް އިޚްތިޔާރީ ވާންޖެހޭ - އީސީ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 3 އޮކްޓޯބަރ 2023 , އަންގާރަ 10:23   334

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ, ރާއްޖޭގައި ވެރިކަން ކުރާ ނިޒާމު އަލުން ކަނޑައަޅަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގުމަށް ފާސްކޮށްފައިވާ ޤަރާރުގައި ވާގޮތަށް ވޯޓަށް ދިއުމުގެ ކުރިން، އިތުރު ވަގުތު ދޭން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެދިއްޖެ އެވެ.

އީސީ އިން ބުނެފައިވަނި، އެއްގޮތަށް އެދެނީ ވޯޓު ނެގުމަށް ގިނަ މަސައްކަތްތަތަކެއް ކުރަން ޖެހޭތީ ކަމަށެވެ. އެ ކޮމިޝަނުން މިހާރު ވަނީ އެކަން ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ސިޓީ ފޮނުއްވާފައެވެ.

ނިޒާމީ ވޯޓުގައި ރައްޔިތުންނަށް ހުށަހަޅާނެ ސުވާލުގެ އިބާރާތާއި އެ ވޯޓާ ގުޅޭ މައުލޫމާތު ކަރުދާހެއް ފޮނުވައިދޭން ވެސް ސިޓީގައި އެ ކޮމިޝަނުން އެދިފައިވެ އެވެ.

އީސީ އިން ފޮނުވި ސިޓީގައި ވަކި ތާރީޚެއް ބަޔާންކޮށްފައި ނުވާކަމަށް ވެސް މަޢްލޫމާތު ލިބިފައިވެއެވެ.

އެންމެ އަވަހަށް ވޯޓު ނެގުން ކުރިއަށް ގެންދެވޭނެ ތާރީހު ތިޔަ އިދާރާއަށް ފަހުން އަންގާނެ ކަމުގައި ދަންނަވަން.

~ އިސީ އިން މަޖިލީހަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ޢިބާރާތުން ބައެއެް

ވޯޓު ކަރުދާހުގައި ހިމަނަން މަޖިލީހުން ފާސްކުރާ އިބާރާތެއް [ސުވާލު] ހިމެނުމަށް ވެސް އެދިފައިވެއެވެ. އއެ ސުވާލުގެ ޖަވާބު އިޚްތިޔާރީ ޖަވާބުތައް ހިމެނުމަށް ވެސް ލަފާ ދެއްވާފައިވެއެވެ. މިހާރު ޤަރާރުގައި ވާގޮތުން ރައްޔިތުންނާއި ކުރަނީ ހުޅުވިފައިވާ ސުވާލުތަކެއްކަން ވެސް ސާފެއް ނުވެއެވެ.

ހަމައެހެންމެ، ފާސްކޮށްފައިވާ ގަރާރުގައި ގޮވާލާފައިވާ ކަންތަކާ އެއްކޮޅަށް ހުރި ހުއްޖަތްތަކާއި ދެކޮޅަށް ހުރި ހުއްޖަތްތަކުގެ މައުލޫމާތު ކަރުދާހެއް ކޮމިޝަނަށް ދިނުމަށާއި، ވޯޓު ނެގުމުގެ ކަންކަމަށް ބޭނުންވާ ބަޖެޓް، ވީ އެންމެ އަވަހަކަށް ފާސްކޮށްދިނުމަށް ވެސް އެދިފައިވެއެވެ.

ޓެގްސް: އިލެކްޝަންސް ކަމިޝަން ބަރުލަމާނީ ނިޒާމު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.