ދިވެއްސަކަށް އަނިޔާ ނުވޭ، ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ހުންނަ ސިއާމް ޕެރަގަން މޯލް

ހަބަރު

ތައިލެންޑްގެ ސިއާމް ޕެރަގަން މޯލްގައި ހިނގި ބަޑި ޖެހުމުގެ ޙާދިސާގައި ތިން މީހަކު މަރުވެއްޖެ

އަލީ އަޒްޔަން - އޭޝިއާ | 3 އޮކްޓޯބަރ 2023 , އަންގާރަ 20:01   319

ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ހުންނަ ސިއާމް ޕެރަގަން މޯލްގައި މިއަދު ހިނގި ބަޑި ޖެހުމުގެ ޙާދިސާގައި ތިން މީހަކު މަރުވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މި ޙާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހުން އެންމެ މީހުން ގިނަވި ގަޑީގައެވެ.

ބައެއް އިތުރު ހަ މީހުންނަށް އަނިޔާ ވެފައިވާއިރު، ބަޑި ޖެހި ފަރާތް ވަނީ ތައިލެންޑް ފުލުހުން ހައްޔަރުކޮށްފައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބަޑި ހިފައިގެން ޙަމަލާ ދީފައިވަނީ 14 އަހަރުގެ ކުއްޖެކެވެ.

މިއީ ދިވެހި ވިޔަފާރިވެރިންނާއި ޢާއްމު ގިނަ ބަޔަކު ގިނައިން ގޮސް އުޅޭ ސަރަޙައްދެކެވެ.

ސަރުކާރުން ދިވެއްސަކަށް އަނިޔާވިތޯ ބަލަމުން އަންނަކަމަށް ބުނެފައިވި ނަމަވެސް، މިހާތަނަށް އެއްވެސް ދިވެއްސަކަށް އަނިޔާވިކަމުގެ ރިޕޯޓް ލިބިފައިނުވެއެވެ.

ޓެގްސް: ތައިލޭންޑް ޓެރަރިޒަމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.