ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި

ހަބަރު

ނިޒާމީ ބަހުސް ފަސްކޮށް ރައީސް މުޢިއްޒުއަށް ޖާގަ ދިނުމަށް ރައީސް ނަޝީދު އާއި ޑިމޮކްރެޓުން ނިންމައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 4 އޮކްޓޯބަރ 2023 , ބުދަ 10:52   370

ނިޒާމީ ބަހުސް ފަސްކުރަން ރައީސް ނަޝީދު އާއި ދަ ޑިމޮކްރެޓްސް އިން ވެސް އެއްބަސްވެވަޑައިގެންފިއެވެ.

މި ބަހުސް އާއި ގުޅޭގޮތުން އެޕާޓީ އިން ވަނީ ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅުއްވާފައެވެ. އެޤަރާރަށް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން އެމްޑީޕީ އިން ތާޢީދުކުރި ނަމަވެސް، އެތާޢީދު ވަނީ ރޭ ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުން އަނބުރާ ގެންދަވާފައެވެ. ހަމައެއާއި އެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީ އިން ވެސް ވަނީ އެގޮތަށް ނިންމައި، ބަރުލަމާނީ ނިޒާމަކަށް ތާޢީދުނުކުރާކަމަށް ބުނެފައެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ, ވެރިކަން ކުރުމުގެ ނިޒާމާ ގުޅޭ ވޯޓެއް ނެގުމަށް މަސައްކަތް ކުރަމުން އަންނަ ދަ ޑިމޮކްރެޓްސް ޕާޓީން އެކަން މަޑު ޖައްސާލުމަށް ނިންމާފައިވާ ކަމަށެވެ.

އަޅުގަނޑުވެސް އަދި އެ ވޯޓަށް އެދުނު ޑިމޮކްރެޓް ޕާޓީގެ މެންބަރުން އެދެނީ އެ މަސައްކަތް މިވަގުތު ނުކުރުމަށޭ. ޑިމޮކްރެޓް ޕާޓީން އެދެނީ ޑރ. މުއިއްޒުގެ ސަރުކާރު އެކުލަވާލެވި އެ ސަރުކާރުން ރިޔާސީ ނިޒާމްގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށޭ.

~ އިންތިޚާބީ ރައީސް ޑރ. މުއިއްޒުއަށް ދެންނެވިކަމަށް، މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވި

އިތުރަށް ވިދާޅުވީ ޑރ. މުޢިއްޒު އާއިއެކު ރަނގަޅު މަޝްވަރާތަކެއް ކުރެވުނުކަމަށާއީ، ދެއްވި ޖަވާބުތަކާއިމެދު ހިތްހަމަ ޖެހިވަޑައިގަންނަވާކަމަށެވެ.

ޑިމޮކްރެޓުން މިހާރު ނިންމާފައިވަނީ ޑރ. މުޢިއްޒުއަށް ރަނގަޅު ހެޔޮ ވެރިކަމަށް ކުރުމަށް ފަހިކުރުމަށް، ވެރިކަމުގެ ފުރިހަމަ 5 އަހަރު ދެއްވުމަށެވެ.

ޓެގްސް: ދަ ޑިމޮކްރެޓްސް ޕީއެންސީ ބަރުލަމާނީ ނިޒާމު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.