ހާލުގައި ޖެހިފައިވާ މީހުން ނަގޮރްނޯ ކަރަބަޙްގެ ބޯޑަރު ހުރަސްކޮށްދާ މަންޒަރު

ހަބަރު

އަރމީނިއާ އަށް އަސްކަރީ ހަތިޔާރު ފޯރުކޮށްދިނުމަށް ފްރާންސްއިން އެއްބަސްވެއްޖެ

ރާނިއާ - ޔޫރަޕް | 4 އޮކްޓޯބަރ 2023 , ބުދަ 14:24   327

ފްރާންސްގެ ފޮރިން މިނިސްޓާރު ކެތްރިން ކޮލޮނާ ވަނީ މިދިޔަ މަހު އަޒަރްބައިޖާނުގެ ސިފައިން ވަކިވެފައިވާ ސަރަހައްދު ކަމަށްވާ ނަގޯރްނޯ ކަރަބާކް އަށް ވަދެ ދިހަވަރަކަށް އަހަރު ވަންދެން އަރްމީނިއާގެ ފަރުބަދަމަތީ ސަރަހައްދުތައް ކޮންޓްރޯލް ކުރަމުންއައިސްފައިވާ 'ސެޕެރެޓިސްޓް' ބާރުތަކުގެ އަތްދަށުން އެސަރަހައްދު އަތުލައި ގަނުމަށްފަހު އަރްމީނިއާއަށް ދަތުރުކޮށްފައެވެ.

"އަރްމީނިއާގެ ސަލާމަތީ ކަންކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ފްރާންސްއިން ވަނީ އަސްކަރީ ހަތިޔާރު ފޯރުކޮށްދިނުމަށް އެއްބަސްވެފައި،" ކޮލޮނާ ރިޕޯޓަރުންނާއި ވމުހާތުބުކޮށް ދެންނެވިއެވެ.

އަރްމީނިއާގެ ސަރުކާރުގެ އިސް ފަރާތްތަކާއި އެކު ކޮލޮނާ ބޭއްވި ބައްދަލުވުމުގެ މާ ބޮޑު ތަފްސީލެއް ނުދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަރްމީނިއާގެ ގިނަ ބަޔަކު ދިރިއުޅެމުންދާ ފްރާންސަކީ ކަރަބަކްއާއި ގުޅިގެން އަރްމީނިއާ އާއި އަޒަރުބައިޖާނާއި ދެމެދު ދިގު ޒަމާންތަކެއް ވަންދެން އުފެދިފައިވާ ސަރަހައްދީ މައްސަލަ މެދުވެރިކުރުމުގައި އެހީތެރިވެދީފައިވާ ގައުމެކެވެ.

މީގެ އިތުރުން ކޮލޮނާ ވަނީމިދިޔަ މަހު ޔެރެވާންގެ ހޮސްޕިޓަލެއްގައި ހުންނަ ނަގޯރްނޯ ކަރަބަޙްގައި ތެޔޮ ހަމެއް ގޮވުމުގެ ސަބަބުން ޒަހަމްވެފައިވާ މީހުންނަށްވެސް ޒިޔާރަތްކޮށްފައެވެ.

"އަޅުގަނޑުމެންގެ ސަޕޯޓު އަބަދުވެސް އަރްމީނިއާއަށް ލިބިގެންދާނެ،" ކޮލޮނާ އަލިފާނުގެ ހާދިސާގައި ޒަހަމްވެފައިވި މީހުންނާ ބައްދަލުވުމަށް ފަހު ވިދާޅުވިއެވެ. އަދި ފްރާންސް އަށް މިހަފްތާބަންދުގައި ފްލައިޓުން ގެނެސްދޭ ހަތަރު ޝިކާރަވެރިންނަށް ފަރުވާދޭނެ ކަމަށްވެސް އޭނާ ވައުދުވިއެވެ.

މިދިޔަ މަހު އަޒަރުބައިޖާނުން އެގައުމަށް އަސްކަރީ ހަމަލާއެއް ދިނުމަށްފަހު، ކަރަބަޙުން އަރްމީނިއާއަށް 100،000 އަށް ވުރެ ގިނަ ހާލުގާއި ޖެހިފައިވާ މީހުން ވަނީ ފިލައިގެން ގޮސްފައެވެ.

ޓެގްސް: ޔޫރަޕް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.