އިންޑިއާ ސަފީރު އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އާއި އިންތިޚާބީ ނައިބު ރައީސް އާއި ބައްދަލުކުރައްވަނީ

ހަބަރު

ރާއްޖޭގެ މިނިވަންކަމަށް އިޙްތިރާމްކުރާނަން - އިންޑިއާ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 4 އޮކްޓޯބަރ 2023 , ބުދަ 17:43   357

އިންޑިއާއިން ރާއްޖޭގެ މިނިވަންކަމަށް އިޙްތިރާމް ކުރާނެކަމަށް، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރު ވިދާޅުވެއްޖެއެވެ.

އިންޑިއާ ސަފީރު ވަނީ މިއަދުގެ ވަޤުތެއްގައި އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ގެކޮޅު، މ. ދިމްޔާތުގައި ޑރ މުއިއްޒާއެކު ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވެސް ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމަށްފަހު ޑރ. މުޢިއްޒު ވިދާޅުވީ އިންޑިއާ އިން ރާއްޖޭގެ މިނިވަންކަމަށް އިޙްތިރާމްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވާކަމަށާއި، ރާއްޖެއިން އިންޑިއާ އިން ނަގާފައިވާ ލޯނުތަކަށް ލުއިގޮތްތައް ހޯއްދަވައި ދެއްވާާނެކަމަށް ވެސް ވިދާޅުވެފައިވާކަމަށެވެ.

މީގެ އިތުރުން، ޒަމާންވީ ގުޅުން އިތުރަށް ބަދަހި ކުރުމަށް އިންޑިއާއިން ވަރަށް ބޮޑަށް ބޭނުންވާކަމަށް ވެސް ވިދާޅުވެފައިވާކަމަށެވެ.

ޓެގްސް: އިންޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.