ރައީސް ޔާމީން އަށް ރޭ އެރުވި ފަރިވަޅުގެ ތެރެއިން

ހަބަރު

މަގުމަތީ ޙަރަކާތްތައް އިތުރުކުރަން ޔާމީން އެދިވަޑައިގެންފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 5 އޮކްޓޯބަރ 2023 , ބުރާސްފަތި 10:09   303

ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް، އެމަނިކުފާނު މިނިވަންކުރުން އަވަސްކުރުމަށް ބާރު އެޅުމުގެ ގޮތުން، މަގުމަތީ ޙަރަކާތްތައް އިތުރުކުރަން އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިގޮތަށް އެދިވަޑައިގެންފައިވަނީ، އެމަނިކުފާނުގެ އަމއިްލަ ގެކޮޅުގައި ހުންނަވައިގެން، ރޭ އެމަނިކުފާނަށް ތާޢީދުކުރައްވާ ފަރާތްތަކާއި މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ޕީއެންސީ ގެ ރިޔާސީ ކެންޑިޑޭޓް އިންތިޚާބުގައި ކުރި ހޯއްދެވުމާއިއެކު ރައީސް ސޯލިޙް ކިބައިން ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް އެދިވަޑައިގަތެވެ. އެމަނިކުފާނު ގެ އެދިވަޑައިގަތުމާއި އެއްގޮތަށް މިހާރު ރައީސް ޔާމީން ވަނީ ގޭ ބަންދަށް ބަދަލުކުރެވިފައެވެ.

ނަމަވެސް، އެމަނިކުފާނު މުޅިން މިނިވަންވުމަށް އިތުރު މަރްޙަލާތަކެއް ފުރިހަމަ ކުރަންޖެހޭކަމަށް ސަރުކާރުން ބުނެއެވެ.

ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މަގުމަތީގެ ޙަރަކާތް ވަރުގަދަ ކުރީމާ އެމަނިކުފާނު ދޫކޮށްލަން ފަސޭހަވާނެކަމަށެވެ. އަދި ޕާޓީ އިސް ފަރާތްތަކުން އެހާ ބޮޑަށް މަސައްކަތް ކުރައްވާކަން ޤާބޫލުފުޅު ނުކުރައްވާ މޭރުމަކުން ވެސް ވަނީ ވާހަކުފުޅު ދައްކަވާފައެވެ.

ކުދި ސޯބު އެނބުރޭނީ ބޮޑު ސޯބު އެނބުރޭ ގޮތަށޭ، އެހެންވީމަ ބޮޑު ސޯބުތައް އެބުރެންޖެހޭ، މި ކުދި ސޯބުތައް މިއަށް ވުރެ ބާރަށް އެބުރެން. އެކަން ކުރީމަ އަޅުގަނޑުމެންނަށް ފޯރިގަދަ ކުރެވޭނީ. އެކަން ކުރީމަ ސަރުކާރަށް ދޫކޮށްލަން ފަސޭހަވާނީ އަޅުގަނޑު. އަޅުގަނޑުގެ ޕާޓީގެ ބޭފުޅުން ވެސް ތިބޭފުޅުން ވެސް މަސައްކަތް ކުރަަންވީ ދެން މިހާރު މަގުމަތީގައި ހިންގާ ހަރަކާތްތައް މިއަށްވުރެ ވަރުގަދަކުރަން.

~ ރައީސް ޔާމީން

ރައީސް ޔާމިން މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައިވާއިރު، ރައީސް ޔާމިން މިނިވަން ކުރަން ހިންގާ މަގުމަތީ ހަރަކާތް ނުބޭއްވުމަށް އެޕާޓީގެ ސަޕޯޓަރުންގެ ކިބައިން އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެދިވަޑައިގެންފައެވެ.

ޓެގްސް: ޑރ. މުއިއްޒު ރައީސް ޔާމީން ޕީއެންސީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.