އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު

ހަބަރު

މެމްބަރުންގެ ފެންވަރު ރަނގަޅުކޮށް މަޖިލީސް ކުޑަކުރަންޖެހޭ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 5 އޮކްޓޯބަރ 2023 , ބުރާސްފަތި 21:10   382

މެމްބަރުންގެ ފެންވަރު ރަނގަޅުކޮށް މަޖިލީސް ކުޑަކުރަންޖެހޭ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ އަހަރުގެ ކުރީކޮޅު އޮންނައިރު، މަޖިލީހަށް މުޅިން އަލަށް 6 ދާއިރާއެއް އިތުރުވެ މެމްބަރުންގެ ޢަދަދު 90 އަށް ވުރެވެސް މަތިވާނެއެވެ.

މަޖިލީހުގެ އިއްޔެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ ކުޑަ ކުޑަ ރަށްރަށުން މަދު ވޯޓުކޮޅެއް ގަނެގެން ނޫނީ ސަރުކާރަށް ވިކިގެން މެމްބަރުން އަންނާނި މެމްބަރުންގެ ފެންވަރު ދަށްވާކަމަށާއި، މެމްބަރުން ތަމްޞީލްކުރަންޖެހެނީ ވަކި ސަރަޙައްދަކަށްވުރެ ބޮޑަށް ރަށާއި އަތޮޅުތައް ކަމަށެވެ.

އިތުރަށް ވިދާޅުވީ މިހާރުވެސް މަޖިލީހަކީ ނިސްބަތުން ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ޚަރަދު ބޮޑު މަޖިލީސް ކަމަށާއި، "ޖަޕާނު މަހެއް ވިހާހެން، މަޖިލީސް ބޮޑުވަމުން ބޮޑުވަމުން" ދިއުން ހުއްޓުވަން ޖެހޭކަމަށެވެ.

މަޖިލީހުގެ ޖަލްސާގައި މުޙައްމަދު ވަޙީދު ވާހަކަފުޅު ދައްކަވަނީ

ޓެގްސް: ރައްޔިތުންގެ މަޖިލިސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.