އީރާނުގެ އިންސާނީ ހައްގުތަކާ ބެހޭ އެކްޓިވިސްޓް އަދި ޑިފެންޑަރސް އޮފް ހިއުމަން ރައިޓްސް ސެންޓަރ (ޑީއެޗްއާރުސީ)ގެ ނައިބު ރައީސް ނާޖެސް މުހައްމަދީ

ހަބަރު

ނޮބެލް ސުލްޙައިގެ އިނާމު އީރާނުގެ އަންހެނަކަށް

ރާނިއާ - ޔޫރަޕް | 7 އޮކްޓޯބަރ 2023 , ހޮނިހިރު 10:24   387

12 އަހަރުގެ ޖަލު ހުކުމެއް އަދާ ކުރަމުން އަންނަ ނާޖްސް މުހައްމަދީ އަށް 2023 ވަނަ އަހަރުގެ ނޮބެލް ޕީސް ޕްރައިޒް ހުކުރު ދުވަހު ލިބިއްޖެއެވެ.

މިއީ ތެހެރާންގެ ތިއޮކްރެޓިކް ސަރުކާރު ރުޅިގަދަވާނެ ނިންމުމެއްކަމަށް ކަމާއި ބެހޭ މާހިރުން ވިދާޅުވެއެވެ.

އެވޯޑް ދިނުމުގެ ކޮމިޓީން ބުނީ މި އިނާމަކީ ފަހަކަށް އައިސް އީރާނުގައި ކުރިން ނުފެންނަ މުޒާހަރާތަކުގެ ފަހަތުގައި ތިބި އެންމެންގެ ބަސް ހިމެނިގެން ނިންމުނު ނިންމުމެއް ކަމަށެވެ.

އަންހެނުންގެ ހައްގުތަކުގެ އިތުރުން މަރުގެ އަދަބު އުވާލުމަށް ކެމްޕޭން ކޮށްފައިވާ ނާޖެސް މިނިވަން ކުރުމަށް ގޮވާލާ ގިން އެއްވުންތަކެއް ބޭއްވިފައިވެއެވެ.

ނާޖެސް މިހާރު ދަނީ ތެހެރާނުގެ އެވިން ޖަލުގައި ގާތްގަނޑަކަށް 12 އަހަރުގެ ޖަލު ހުކުމެއް އަދާ ކުރަމުން ކަމަށް ފްރަންޓް ލައިން ޑިފެންޑަރސް ރައިޓްސް އޯގަނައިޒޭޝަނުން ބުނެ އެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ދައުލަތާއި ދެކޮޅަށް ޕްރޮޕެގެންޑާ ފެތުރުމުގެ ދައުވާވެސް ހިމެނެއެވެ.

އެކަމަނާ އަކީ 2003 ވަނަ އަހަރު ނޮބެލް ޕީސް ޕްރައިޒް ލިބިފައިވާ ޝިރީން އިބާދީ އިސްކޮށް ހުންނަވައިގެން އުފައްދާފައިވާ ސަރުކާރު ނޫން ޖަމިއްޔާއެއް ކަމަށްވާ ޑިފެންޑަރސް އޮފް ހިއުމަން ރައިޓްސް ސެންޓަރުގެ ޑެޕިއުޓީ ހެޑްވެސްމެއެވެ.

ނާޖެސް އަކީ 122 އަހަރުވެފައިވާ މި އެވޯޑް ލިބިފައިވާ 19 ވަނަ އަންހެން ބޭފުޅު ކަމަށް ވުމުގެ އިތުރުން، ފިލިޕީންސްގެ މަރިއާ ރެސާ އާއި ރަޝިޔާގެ ޑިމިޓްރީ މުރަޓޮވް 2021 ގައި މިއެވޯޑް ލިބިގަތުމަށްފަހު ފުރަތަމަ އަންހެން ބޭފުޅާވެސްމެއެވެ.

"މި އިނާމު ނާޖެސް އަށް ލިބިފައިވަނީ އޭނާ އަކީ އީރާނުގައި ހިންގާފައިވާ ހަރަކާތްތަކުގެ ލީޑަރު ކަމުގެ އަގުވަޒަން ކުރުމުގެ އިތުރުން، އޭނާ ކޮށްފައިވާ ގިނަ މަސައްކަތްތުގެ އަގުވަޒަން ކުރުމަށް،" ނޯވޭގެ ނޮބެލް ކޮމިޓީގެ ވެރިޔާ ބެރިޓް ރެއިސް އެންޑަސަން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ އީރާނުގެ ކަމާއި ބެހޭ ފަރާތްތަކުން މި އިނާމު ހޯދުމަށް ޑިސެމްބަރު މަހު އޭނާއަށޤ ހާޒިރުވެވޭނެ ގޮތަށް އޭނާ ދޫކުރާނެ ކަމަށް،" ރެއިސް އިތުރަށް ވިދާޅުވިއެވެ.

ޓެގްސް: އީރާން އިންސާނީ ޙައްޤުތައް ނޯބެލް ސުލްޙައިގެ އިނާމު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.