ޝަހީދުވި މީހުންގެ ސަންދޮށް ހިފައިގެން ސީރިއާގެ ސިފައިން ހިނގާފައi މަންޒަރު

ހަބަރު

ސީރިއާގައި އަސްކަރީ އެކަޑަމީގެ ޑްރޯން ހަމަލާއެއްގައި މަރުވި މީހުންގެ ޖަނާޒާތައް ބާއްވައިފި

ރާނިއާ - މެދުއިރުމަތި | 7 އޮކްޓޯބަރ 2023 , ހޮނިހިރު 10:49   263

ސީރިއާގެ އަސްކަރީ އެކަޑަމީއަކަށް ދިން ޑްރޯން ހަމަލާއެއްގައި މަރުވި ދިހަވަރަކަށް މީހުންގެ ޖަނާޒާބާއްވައިފިއެވެ.

މަރުވި މީހުންނާއި ގާތްތިމާގެ މީހުންނާއި އޮފިޝަލުން ހުކުރު ދުވަހުގެ ހެނދުނު އެއްވެފައިވަނީ ސީރިއާގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ ހޮމްސްގައެވެ.

ބުރާސްފަތި ދުވަހުގެ ވައިގެ މަގުން ދީފައިވާ ހަމަލާ އައިސްފައިވަނީ އޮފިސަރުންނަށް ގްރެޖުއޭޝަން ހަފްލާއެއް ނިމުނުތާ މާގިނައިރުތަކެއް ނުވަނީހެވެ. އަދި އަސްކަރިއްޔާގެ މުވައްޒަފުންގެ އިތުރަށް އެމީހުންގެ އާއިލާގެ ބައެއް މީހުންނަށް ވެސް ޒަހަމްވެފައިވެ އެވެ.

ދައުލަތުގެ މީޑިއާތަކުން ހުކުރު ދުވަހުގެ ހެނދުނު ބުނީ 31 އަންހެނުންނާއި ފަސް ކުޑަކުދިން ހިމެނޭ ގޮތަށް 89 މީހުން މަރުވެފައިވާއިރު އިތުރު 277 މީހަކަށް ޒަހަމްވެފައިވާ ކަމަށެވެ.

އޭއެފްޕީގެ މުވައްޒަފަކު ވިދާޅުވީ މިހަމަލާގެ ޝިކާރުވެރިވި މީހުންގެ ގާތްތިމާގެ މީހުން ފަތިހުއްސުރެ ހޮމްސްގެ އަސްކަރީ ހޮސްޕިޓަލުގެ ބޭރަށް އެއްވެފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުގެ މޮނިޓަރެއް ކަމަށްވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި 123 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި އާންމުންގެ 54 މީހުން ހިމެނެއެވެ. 39 މީހުންނަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް އެމީހުން ފާހަގަކުރިއެވެ. އަދި ހަމަ އެހެންމެ ގާތްގަނޑަކަށް 150 މީހުންނަށް ޒަހަމްވެފައިވާ ކަމަށްވެސް އެމީހުން ވަނީ ބުނެފައެވެ.

އަސްކަރިއްޔާ އާއި އާންމުން ހިމެނޭ ގޮތަށް 30 ވަރަކަށް މީހުންގެ ޖަނާޒާގައި ޑިފެންސް މިނިސްޓަރު އަލީ މަހްމޫދް އައްބާސް ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

މިހަމަލާތަކުގެ ޒިންމާ އެއްވެސް ބަޔަކު ނަގާފައި ނުވި ކަމުގައިވިޔަސް، ސީރިއާގެ ސިފައިން ވަނީ ބުރާސްފަތި ދުވަހު މި ހަމަލާތަކަކީ "ޓެރަރިޒަމް ޖަމިއްޔާތަކުން ރާވައިގެން" ދީފައިވާ އަނިޔާތަކެއް ކަމަށް ތުހުމަތުކޮށް، މިކަމުގެ ރައްދު ދޭނެ ކަމަށް ވައުދު ވެފައެވެ.

ޓެގްސް: ސީރިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.