ރައީސް މުޙައްމަދު ނަޝީދު

ހަބަރު

އިންޑިއާ އެއްބަސްވުން ޢާއްމުކުރެއްވިނަަމަ ނަތީޖާ ތަަފާތުވީސްކަމަށް ރައީސް ނަޝީދު ވިއްދާޅުވެއްޖެ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 7 އޮކްޓޯބަރ 2023 , ހޮނިހިރު 14:00   194

ސަރުކާރުގައި ބައިވެރިވެ ވަޑައިގަންނަވާނެކަމަށާއި، އިންޑިއާ އެއްބަސްވުން ޢާއްމުކުރެއްވިނަަމަ ނަތީޖާ ތަަފާތުވީސްކަމަށް ރައީސް ނަޝީދު ވިއްދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ހުކުރުދުވަހު އިންޑިއާގެ ނޫހެއް ކަމަށްވާ ދަ ހިންދޫއަށް ދެއްވި ޚާއްޞަ އިންޓައިވިއުއެއްގައެވެ.

ދަ ހިންދޫއަށް ރައީސް ނަޝީދު ދެއްވި އިންޓަވިއު ތެރެއިން

މި އިންޓަވިއުގައި އެމަނިކުފާނު ވިދާޅުވީ އިންޑިއާ އާއިއެކު އޮތް އެއްބަސްވުމުގައި ހުރިކަންކަން އެނގިވަޑައިގަންނަވާކަމަށާއި، އެ ވާހަކަތަކަކީ އާ ވާހަކަތަކެއް ނޫންކަމަށެވެ.

ނަމަވެސް މައްސަލަ ޖެހުނީ ސަރުކާރުން އެއްބަސްވުމާއި ގުޅޭ ކަންކަން ސިއްރުކުރަން ފެށުމުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ މެމްބަރުންގެ ބޮޑު އައުލަބިއްޔަތެއް އޮތްއިރު އެއްބަސްވުން ޙިއްޞާކުރައްވަން ދެކޮޅު ހެއްދެވި ސަބަބު ވިސްނި ވަޑައިނުގަންނަވާކަމަށާއި، އުތުރު ތިލަފަޅުގެ މަޝްވަރާތަކަކީ ރައީސް މައުމޫން ޒަމާނުއްސުރެ ހިނގަމުން އަންނަކަމެއް ކަމަށާއި، މި އެއްބަސްވުމުގެ ފްރޭމްވޯކް އެގްރީމެންޓްގައި ސޮއި ކުރެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް ކަމަށެވެ. އަދި ރަސްމީ އެއްބަސްވުމުގައި ސޮއި ކުރި މިސަރުކާރުން ކަމަށެވެ.

ހަމަ މިއިންޓަވިއުގައި އެމަނިކުފާނު މިސަރުކާރުގައި ބައިވެވަޑައިގަންނަވާނެތޯ ސުވާލުކުރެއްވުމުން ވިދާޅުވީ، ސަރުކާރެ ބައެއް ދަމޮކްރެޓްސް އަށް އޮންނާނެކަމަށާއި، އެޕާޓީގެ ކެބިނެޓް މިނިސްޓަރެއް ހުންނަވާނެކަމަށް ވެސް ދެކިވަޑައިގަންނަވާކަމަށެވެ.

ޓެގްސް: ރައީސް މުހައްމަދު ނަޝީދު އިންޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.