އަމީނީމަގުގައި، ދަރުބާރުގެ އާއި ކައިރީގައި ހުންނަ ސްޓެލްކޯގެ މައި އޮފީސް ޢިމާރާތް

ހަބަރު

އިންތިޚާބީ ރައީސްގެ އޮފީސް ހިންގާނީ ސްޓެލްކޯ ޢިމާރާތުގައިކަމަށް ހަމަޖައްސަވައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 8 އޮކްޓޯބަރ 2023 , އާދީއްތަ 11:07   425

އިންތިޚާބީ ރައީސް، ޑރ. މުޙައްމަދު މުޢިއްޒުގެ އޮފީސް, އަމީނީމަގުގައި ހުންނަ ސްޓެލްކޯ މައި އޮފީސް ޢިމާރާތުގެ ފަސް ވަނަ ފަންގިފިލާގައި ކަމަށް ހަމަޖައްސަވައިފިއެވެ.

އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހު އުފައްދަވާފައިވާ، މިއޮފީސް އުފައްދަވާފައިވަނީ ޤާނޫނުގައި ވާގޮތަށް ވެރިކަން ބަދަލުމުގެ އެންމެހައި އިންތިޒާމުތައް ފުރިހަމަ ކުރުމަށްޓަކައެވެ.

މި މަސައްކަތް ވިލަރެސްކުރުމަށްޓަކައި، "ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން" ގެ މަގާމަށް، ސިވިލް ސަރވިސް ކޮމިޝަނުން ހަމަޖައްސަވައިފައިވަނީ، ލ. ފޮނަދޫ، އަރާއިރު، ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. އަދި ރައީސް އޮފީހުގެ ފަރާތުން ހަމަޖައްސަވައިފައިވަނީ، ސެކްރެޓެރީ، ކޯޕަރޭޓް ސަރވިސް، ޙުސައިން ޢާމިރެވެ.

ވެރިކަން ބަދަލުވުމާ ގުޅިގެން، ސަރުކާރުގެ އިދާރީ އޮނިގަނޑަށާއި، ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތަކަށާއި، ސަރުކާރުގެ އިދާރާތަކުގެ އިސް މަގާމުތަކަށް އަތުވެދާނެ ބަދަލުތަކަކަށް ތައްޔާރުވުމުގެ ގޮތުން ކުރައްވަންޖެހޭ ކަންތައްތައް، 2023 އޮކްޓޫބަރު 5ވަނަ ދުވަހު ނެރުއްވި ދެންނެވުމަކުން ސަރުކާރުގެ އޮފީސްތަކަށް ވެސް ވަނީ އަންގަވައިފައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީންނާއި، ޤާނޫނުތަކުން ރައީސުލްޖުމްހޫރިއްޔާ މީހުން ޢައްޔަންކުރައްވާ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން، ހިނގަމުންދާ ރިޔާސީ ދައުރު ނިމެންދެން، އެ ފަރާތަކާ ހަވާލުވެފައިވާ މަސައްކަތްތައް ކުރެއްވުމުގައި ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާއި ހަމައަށް ދެމިތިއްބެވުމަށް އެ ދެންނެވުމުގައި ވަނީ އަންގަވައިފައެވެ.

ޓެގްސް: ސަރުކާރުހިންގުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.