ޗައިނާގެ ކެޕިޓަލް އެއަރލައިނުން ރާއްޖެއައި ޓޫރިސްޓުންތަކެއް. ރަޝިއާ އިން ރާއްޖެ އަންނަ ފަތުރުވެރިން ވެސް ވަނީ ވަރަށް ބޮޑުތަން ދަށްވެފައި

ހަބަރު

ޗައިނާއިން ރާއްޖެ އަށް ރެކޯޑް ޢަދަދަކަށް ފަތުރުވެރިން އަންނަން ފަށައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 8 އޮކްޓޯބަރ 2023 , އާދީއްތަ 12:33   472

ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިން ވަރަށް ބޮޑުތަން އިތުރުވާން ފަށައިފިކަމަށް ސަރުކާރުން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ޗައިނާއިން ރާއްޖެއަށް، ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު އެކަނި ވެސް 2031 ފަތުރުވެރިއަކު ޒިޔާރަތްކޮށްފައިވެއެވެ. އެއީ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ވެސް އޮތް ދުވަހެވެ. ޖެހިގެން އައި ދުވަހު ވެސް 1966 ފަތުރުވެރިއަކު ރާއްޖެ އައިސްފައިވެއެވެ.

އޯގަސްޓް 2023 ގައި، މުޅި އެ މަހުގައި ވެސް ޖުމްލަ ޒިޔާރަތް ކުރީ 1495 ފަތުރުވެރިއެކެވެ. އެހެންކަމުން މިއީ ވަރަށް ބޮޑު "ޖަމްޕެއް" ކަމަށް ތަޖުރިބާކާރުން ދެކެވަޑައިގަނެއެވެ.

ޗައިނާއިން މިއަހަރުގެ ސެޕްޓެމްބަރު މަހު ޒިޔާރަތްކޮށްފައިވަނީ ޖުމްލަ 25065 މީހެކެވެ. ރާއްޖެއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިދިޔަމަހު ރާއްޖެއަށް 130،967 މީހުން ޒިޔާރަތްކުރިއިރު، އެހެން އެއްވެސް ޤައުމަކުން މިހާވަރަށް ފަތުރުވެރިން އައިސްފައި ނުވެއެވެ.

އަވަށްޓެރި އިންޑިއާއިން މިދިޔަ މަހު ޒިޔާރަތްކުރީ 14،092 މީހެކެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅައިކިޔާއިރު މިއީ 8 އިންސައްތަ މަދު ޢަދަދެކެވެ.

ރަޝިއާ އިން ރާއްޖެ އައި ޕަސެންޖަރުން ވެސް ވަނީ ވަރަށް ބޮޑުތަން ދަށްވެފައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރަޝިއާއިން 20،341 ފަތުރުވެރިޔަކު ޒިޔާރަތްކުރިއިރު މިއަހަރުގެ ސެޕްޓެމްބަރުގައި ޒިޔާރަތްކުރީ އެންމެ 12،375 މީހެކެވެ. މިއީ ގާތްގަނޑަކަށް 30 އިންސައްތައިގެ ދަށްވުމެކެވެ.

ޓެގްސް: ޓޫރިޒަމް ޓޫރިސްޓް އެރައިވަލް ތަފާސްހިސާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.