ރައީސް ނަޝީދު ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ ކުރިން ރައީސް ސޯލިޙް އާއި ބައްދަލުކުރައްވަނީ

ހަބަރު

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ އަނެއްކާވެސް މަޖިލީހަށް ވައްދައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 9 އޮކްޓޯބަރ 2023 , ހޯމަ 10:56   398

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ, ދެވަނަ ފަހަރަށް، މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މަޖިލީހަށް މިމައްސަލަ ވެރިކަންކުރާ ޕާޓީ އެމްޑީޕީ އިން ހުށަހަޅާފައިވަނީ 48 މެމްބަރުންގެ ސޮޔާއި އެކު އެވެ.

މިމައްސަލަ ވަނީ މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. ނަމަވެސް، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު، ޑިމޮކްރެޓުންގެ ތާޢީދު ލިބޭނެކަމަށް ބަލައި އެމްޑީޕީ އިން މައްސަލަ އަނބުރާ ގެންދެވިއެވެ.

ރިޔާސީ އިންތިޚާބު ޕީއެންސީގެ ކެންޑިޑޭޓް ކާމިޔާބުކުރެއްވުމުން، ރައީސް ނަޝީދު އާ ސަރުކާރުގައި ބައިވެރިވެ ވަޑައިގަންނަވާނެކަމަށް ވިދާޅުވުމުން އަނެއްކާވެސް މަސްރަޙް ވަނީ ހޫނުވެފައެވެ.

އެމްޑީގެ ޕީޖީ ގްރޫޕުން ބައްދަލުވުމެއް ބާއްވައި އަލުން މައްސަލަ މަޖިލީހަށް ވެއްދުމަށް ނިންމާފައިވެއެވެ. ނަމަވެސް، މިކަމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެއްދައުރެއްގައި، އިތުބާރު ނެތްކަމުގެ އެއްމައްސަލައެއް ދެފަހަރަށް ނުވެއްދޭނެކަމަށާއި، މައްސަލަ ބަލައިގަތުމަށް ފަސޭހަފުޅު ނުވާނެކަމަށެވެ.

ޓެގްސް: ރައްޔިތުންގެ މަޖިލިސް އެމްޑީޕީ ރައީސް މުހައްމަދު ނަޝީދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.