ރައްޔިތުންގެ މަޖިލީހުގައި ހުވާކުރުމުގެ ރަސްމިއްޔާތާއި ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދަވަނީ

ހަބަރު

އިންތިޚާބީ ރައީސް ހުވާކރެއްވުން ޖުމްހޫރީ މައިދާނުގައި ނޮވެމްބަރު 17 ވަނަދުވަހުގެ ހަވީރު 4 ޖަހާއިރު

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 10 އޮކްޓޯބަރ 2023 , އަންގާރަ 18:47   434

އިންތިޚާބީ ރައީސް ހުވާކރެއްވުން ޖުމްހޫރީ މައިދާނުގައި ނޮވެމްބަރު 17 ވަނަދުވަހުގެ ހަވީރު 4 ޖަހާއިރުކަަމަށް އިންތިޚާބީ ރައީސްގެ އޮފީހުގެ ފަރާތުން ހާމަކޮށްފިއެވެ.

އެ އޮފީހުން މަޢްލޫމާތު ދެއްވިގޮތުގައި މިކަން މިގޮތަށް ނިންމެވީ ވީހާވެސް ގިނަ ބޭފުޅުންނަށް ބައިވެރިވެވޭނެ ގޮތް ހެދުމުގެ ގޮތުންނެވެ.

މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އިސް ބޭފުޅުންތަކެއް ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބޭފުޅުންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވެއެވެ. އިސް ބޭފުޅެއްގެ ގޮތުން ބައިވެރިވެވަޑައިގަތީ، ޓްރާންސިޝަން ކޮމިޓީގެ އިސް ވެރިޔާ އަބްދުއްރަޙީމް އަބްދުﷲއެވެ.

މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ހުވާކުރުމުގެ ރަސްމިއްޔާތާއި ގުޅޭ ކަންކަމެވެ. މިއީ މިފަދަ ފުރަތަމަ ރަސްމީ ބައްދަލުވުމެވެ.

ހުވާ ކުރުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ނިންމުނު ނަމަވެސް މޫސުމް ގޯސްވެއްޖަމަ ކަންކުރާނެ ގޮތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެވިފައިވެއެވެ.

ޓެގްސް: ޑރ. މުއިއްޒު ރިޔާސީ އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.