އެމްއެމްޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމް

ހަބަރު

ހުރިހާ އިންތިޚާބެއްގައި ނިކުންނާނީ ސަރުކާރާއި ގުޅިގެން - ކާނަލް ނާޒިމް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 11 އޮކްޓޯބަރ 2023 , ބުދަ 07:47   336

ހުރިހާ އިންތިޚާބެއްގައި ނިކުންނާނީ ސަރުކާރާއި ގުޅިގެން ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ.

އެމްއެންޕީގެ ފަރާތުން ރޭ ބޭއްވި ޕީއެންސީގެ ކައުންސިލް ބައްދަލުވުމުގައި، އެޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވެސް ވާދަކުރެއްވި އެޕާޓީގެ ލީޑަރު، ދަނގެތި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވެފައިވެއެވެ.

ނާޒިމް ވިދާޅުވީ "ހުރިހާ އިންތިޚާބެއްގައި ނިކުންނާނީ ޕީ.ޕީ.އެމް/ޕީ.އެން.ސީ އާއި ގުޅިގެން" ކަމަށެވެ.

އަދި އިތުރަށް ވިދާޅުވީ މިކަން ސާފުކޮށްދެއްވަން ޖެހިވަޑައިގަތީ އެޕާޓީގެ މެމްބަރުންގެ މެދުގައި އާއި ޢާއްމު ބައެއް ފަރާތްތަކުން ސަރުކާރާއިއެކު މަސައްކަތްކުރުމުގައި އޮޅުން އަރާގޮތަށް ވާހަކަތައް ދެކެވެމުންދާތީއެވެ.

ނާޒިމް ވިދާޅުވީ ޑރ. މުޢިއްޒު އާއިއެކު އެއްބަސްވުމަކަށް އާދެވިފައިވާކަމަށާއި، އެއެއްބަސްވުމުގައި ވާގޮތުން މި ރިޔާސީ 5 އަހަރުގެ ދައުރު ތެރޭގައި ބޭއްވޭ ހުރިހާ އިންތިޚާބުތަކެއްގައި ވެސް އެޕާޓީން މަސައްކަތްކުރާނީ ސަރުކާރު ހިންގާ ޕާޓީތަކާއި ގުޅިގެން ކަމަށެވެ.

ޓެގްސް: ޕީއެންސީ ޕީޕީއެމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.