އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ހަބަރު

ރަށްރަށުގައި ހިނގާ މަޝްރޫޢުތައް ހުއްޓާލަން އަންގާފައި ނުވާނެ - ޑރ. މުޢިއްޒު

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 11 އޮކްޓޯބަރ 2023 , ބުދަ 18:46   529

ރަށްރަށުގައި ހިނގާ މަޝްރޫޢުތައް ހުއްޓާލަން އަންގާފައި ނުވާނެ, އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ ސޯޝަލްމީޑިއާގައި ޙިއްޞާކުރެއްވި މެސެޖެއްގައެވެ.

އެ މަނިކުފާނުވިދާޅުވީ، އެމަނިކުފާނުގެ އެންގެވުމަކަށް ބައެއް ސަރަޙައްދުތަކުގައި ހުރި މެޝިނަރީތައް ގެންގޮސްފައިވާކަމަށް ފަތުރާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އެފަދަ އެއްވެސް އެންގުމެއް އަންގާފައި ނުވާނެކަން އެމަނިކުފާނު ވަނީ ޔަޤީންކޮށްދެއްވާފައެވެ.

ރައީސްކަމަށް އިންތިޚާބު ވެ ވަޑައިގެން އެމަނިކުފާނު ގެންދަވަނީ، އިންތިޚާބީ ރައީސްގެ އޮފީހެއް ޤާއިމުކޮށް ވެރިކަން ބަދަލުކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ސަރުކާރުން އަލަށް ކުރާ ޚާރަދުތައް ނުކުރުމަށާއި، ވަޒީފާތަކަށް އަލަށް މީހުން ނުވެއްދުމަށާއި، ވަޒީފާގެ އޮނިގަނޑަށް ބަދަލުނުގެނައުމަށް ސަރުކާރުގެ ކިބައިން އެދިފައިވެއެވެ.

ސަރުކާރުން ކުރިން ބުނެފައިވަނީ އިންތިޚާބީ ރައީސް އަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމަށެވެ. ނަމަވެސް، މިހަފްތާ ތެރޭގައި ބޭރުގެ އެމްބަސީގެ އެއްގެ މަޤާމަކަށް ބޭފުޅަކު ޢައްޔަންކުރައްވަން ސަރުކާރުން މަސައްކަތްކުރެއްވުމުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވެއެވެ.

ޓެގްސް: ޑރ. މުއިއްޒު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.