ފަލަސްޠީނުގެ ދިދައިގެ ކުލަ ބައިވެރިން ބޭނުންކުރުމަށް އިންތިޒާމުކުރާ ފަރާތުން އެދޭ

ހަބަރު

"ފަލަސްޠީނު ރައްޔިތުންނާއިއެކު އައްޑޫ ރައްޔިތުން" ވެހިކަލްބުރު ހުކުރުދުވަހު ހަވީރު

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 11 އޮކްޓޯބަރ 2023 , ބުދަ 21:53   1052

"ފަލަސްޠީނު ރައްޔިތުންނާއިއެކު އައްޑޫ ރައްޔިތުން" ގެ ނަމުގައި ވެހިކަލްބުރެއް ހުކުރުދުވަހު ހަވީރު އައްޑޫސިޓީގައި އޮންނާނެކަމަށް އިންތިޒާމްކުރާ ފަރާތުން ބުނެފިއެވެ.

އިންތިޒާމުކުރާ ފަރާތުން ބުނެފައިވަނީ، މިވެހިކަލްބުރަކީ އައްޑޫސިޓީ ކައުންސިލް އާއި އައްޑޫގެ އެކި ޖަމިއްޔާ ޖަމާޢަތްތައް ގުޅިގެން ބާއްވާ ވެހިކަލް ބުރެއްކަމަށާއި، މިކަމުގެ މަޤްޞަދަކީ ފަލަސްޠީނުގެ ރައްޔިތުންނާއިއެކު ދިވެހިން، ވަކިން ޚާއްޞަކޮށް އައްޑޫ ރައްޔިތުން ތިބިކަން ރަމްޒުކޮށްދިނުންކަމަށެވެ.

ހުކުރު ދުވަހު ހަވީރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަސްޠީނު ރައްޔިތުންނަށް ދެމުންދާ އަނިޔާތަކާއި ދެކޮޅަށް އަޑުއުފުލުން ބާއްވާނެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް މިޙަރަކާތް ކުރިއަށް ދާނެ. ބޭނުމަކީ އެ އަނިޔާ ތަޙައްމަލުކުރަމުންދާ ފަރާތްތަކުގެ ޙައްޤުގައި އަޑުއުފުލުން. ފަލަސްޠީނު ރައްޔިތުން ރައްޔިތުން ތިބީ ފެނާއި ކަރަންޓުން ވެސް މަޙްރޫމްކޮށްލާފައި. ޙާލުގައިވާ އަޅުގަނޑުމެން އުއްމަތުގެ އަޚުންނާއި އުޚްތުންނަށް އެހީ ވުމަށާއި ދުޢާކޮށްދިނުމަށް އެންމެހާ ދިވެހިންގެ ކިބައިން އެދެން.

~ އިންތިޒާމްކުރާ ފަރާތުން

މި ޙަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ އޯޕީޑީ ކުރިމަތީގައި އޮންނަ މަގުންނެވެ. ފެށޭނީ ހުކުރު ދުވަހުގެ ހަވީރު 3.45 ގައެވެ.

ހިތަދޫ ވަށައިގެން ވެހިކަލްގައި ބުރު ޖެހުމަށްފަހު ބުރު ނިންމާލާނީ ފޭދޫ ފަސްގަނޑުންނެވެ. ނިންމުމަށް ފަހު ފަލަސްޠީނުގެ ރައްޔިތުންނަށް ހެޔޮ ރަޙްމަތް ލެއްވުން އެދި ކުރެވޭ ދުޢާއެއް އޮންނާނެއެވެ. އަދި އައްޑޫ ސިޓީ ކައުންސިލުން ބަހައްޓާ ފަންޑުފޮށްޓަށް އެހީވެދިނުމުގެ ފުރުޞަތު އޮންނާނެއެވެ.

މި ޙަރަކާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވެސް ފަލަސްޠީނުގެ ދިދައިގެ ކުލަ ރަމްޒުވާގޮތަށް، ނުވަތަ ދިދަ ހިއްޕަވައިގެން ވަޑައިގަތުމަށް އިންތިޒާމުކުރާ ފަރާތުން އެދިފައިވެއެވެ.

މި އިވެންޓްގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި އެކްސްޕްރެސް ނިއުސް އިން މަސައްކަތް ކުރާނެއެވެ.

ޓެގްސް: އައްޑޫގައި ބޭއްވޭ އިވެންޓްތައް ފަލަސްޠީން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.