އަލަށް ގެނައި ބަދަލާއިއެކު މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއްނަމަ ޖޫރިމަނާއެއް ނުކުރުމަށް ވެސް ނިންމާފައިވޭ

ހަބަރު

ޕާސްޕޯޓް ގެއްލިގެން ކުރާ ޖޫރިމަނާގެ ޢަދަދު ވަރަށް ބޮޑުތަން ކުޑަކޮށްފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 12 އޮކްޓޯބަރ 2023 , ބުރާސްފަތި 09:20   463

ސަރުކާރުން ޕާސްޕޯޓް ގެއްލިގެން ކުރާ ޖޫރިމަނާ ވަރަށް ބޮޑުތަން ކުޑަކޮށްފިއެވެ.

މިބަދަލު ގެނެސްފައިވަނީ އިއްޔެ ރައީސް އޮފީހުގެ ފަރާތުން ގެޒެޓްކޮށްފައިވާ ދިވެހި ޕާސްޕޯޓާއި ބެހޭ ޤަވާޢިދުގެ ދަށުންނެވެ.

ޤަވާޢިދުގައިވާގޮތުން ދިވެހި ރައްޔިތެއްގެ ޕާސްޕޯޓެއް ވެރިފަރާތުގެ އިހުމާލުން ގެއްލިއްޖެނަމަ ނުވަތަ ހަލާކުވެއްޖެނަމަ މިހާރު ދައްކަން ޖެހޭނީ އެންމެ 2،000 ރުފިޔާގެ ޖޫރިމަނާއެކެވެ. ނަމަވެސް، ގެއްލުނު ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ނަމަ ޖޫރި މަނާއެއް ނުނަގާނެއެވެ.

މިއީ ކުރިން ޕާސްޕޯޓް ގެއްލިގެން ކުރަމުން އައި ޖޫރިމަނާ އާއި އަޅައި ކިޔާއިރު ވަރަށް ކުޑަ ޢަދަދެކެވެ. ކުރިން ޕާސްޕޯޓެއް އެފަދަ ގޮތަކަށް ގެއްލިއްޖެނަމަ 5،000 ރުފިޔާ އާއި 20،000 އާއި ދެމެދުގެ ޢަދަދަކަށް ޖޫރިމަނާ ކުރެއެވެ. އެއީ ފުރަތަމަ ފަހަރު ނަމަ 5،000 ރުފިޔާއިންނެވެ. އަދި ދެވަނަ ފަހަރު ނަަމަ 10،000 ރުފިޔާ އިންނެވެ. ތިންވަނަ ފަހަރަށް ނަމަ 20،000 ރުފިޔާއިންނެވެ.

ޓެގްސް: އިމިގްރޭޝަން ޓްރެވެލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.