ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު

ހަބަރު

ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމުގެ މައްސަލަ މަޖިލިސް އިދާރާއިން ބަލައިގެންފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 12 އޮކްޓޯބަރ 2023 , ބުރާސްފަތި 10:18   456

ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމުގެ މައްސަލަ މަޖިލިސް އިދާރާއިން ބަލައިގެންފިއެވެ.

މިކަމާއި ގުޅޭގޮތުން މަޖިލީހުގެ އިދާރާއިން ވިދާޅުވީ އެމައްސަލަ "ޤާނޫނާއި މަޖިލީހުގެ ގަވާޢިދުތަކާއި އެއްގޮތަށް ކުރިއަށް ގެންދާނެ" ކަމަށެވެ.

މަޖިލީހުގެ ޤަވާޢިދު ބުނާގޮތުން، މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިއްޖެ ނަމަ، ތިން ދުވަހުގެ ތެރޭގައި މަޖިލީހުގެ އިދާރާގެ ފަރާތުން އަމީންޢާއްމު ޖަވާބުދެއްވަން ޖެހިވަޑައިގަނެއެވެ.

މިއީ އެމްޑީޕީ އިން މަޖިލީހަށް މި މައްސަލަ ވެއްދި ދެވަނަ ފަހަރެވެ. މިފަހަރު ހުށަހެޅީ 49 މެމްބަރުންގެ ސޮޔާއިއެކުއެވެ.

ކުރިން ހުށަހެޅުނު މައްސަލަ އަނބުރާ ގެންދެވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށް ފަހު އެމްޑީޕީ އިން ޑިމޮކްރެޓުންގެ ތާޢީދު ދެވަނަ ބުރަށް ދާއިރު ބޭނުންވާނެކަމަށް ދެކިގެންނެވެ. ނަމަވެސް ޑިމޮކްރެޓުން ނިންމީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާޢީދުނުކުރުމަށެވެ.

މިގެ ކުރިން މިމައްސަލަ އާއި ގުޅިގެން ރިޔާސަތުގައި އިންނަވައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ދެން މިދައުރުގައި މިމައްސަލަ އަލުން ހުށަހެޅޭނެކަމަށް ދެކެވަޑައިނުގަންނަވާކަމަށެވެ.

ދެފަހަރަށް އެއްމަސަލަ އެއް މިގޮތަށް ހުށަހެޅުމާއި ގުޅޭގޮތުގައި މަޖިލީހުގެ ޤަވާއިދުތަކުގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ނުވެއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕް ލީޑަރ، އަދި ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިޙްގެ ރަނިންގ މޭޓަކަށް ނިކުންނެވި މުޙައްމަދު އަސްލަމް ވިދާޅުވީ، މިމައްސަލައިގައި މިފަހަރު ދޫ ނުދެއްވާނެކަމަށާއި "އެމްޑީޕީގެ ރޫޙު ހުރީ ނަޝީދުގެ މައްސަލަ ދޫކޮށްލާ ގޮތަކަށް ނޫން" ކަމަށެވެ. އަދި ބަރުލަމާނީ ވޯޓަކަށް ޖާގަ ވެސް ނުދެއްވާނެކަމަށެވެ.

ޓެގްސް: ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.