އިންތިޚާބީ ރައީސް އަދި މާލޭގެ ކުރީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު

ހަބަރު

އާ މިނިސްޓްރީ އާއިއެކު ކައުންސިލްތަކަށް ހުރި ހުރިހާ ދަތިކަމެއް ނެތިގެންދާނެ - ޑރ. މުޢިއްޒު

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 15 އޮކްޓޯބަރ 2023 , އާދީއްތަ 08:02   581

އާ މިނިސްޓްރީ އާއިއެކު ކައުންސިލްތަކަށް ހުރި ހުރިހާ ދަތިކަމެއް ނެތިގެންދާނެކަމަށް، އިންތިޚާބީ ރައީސް އަދި މާލޭގެ ކުރީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މާލޭ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ރޭ ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ރައްޔިތުންނަށް އެންމެ ބޭނުންވާ ގޮތަށް ކައުންސިލްތައް ހިންގޭނެ މަގުތައް ފަހިކޮށްދެއްވާނެކަމަށެވެ. މިގޮތުން މުޅިން އަލަށް އުފައްދަވަން ހުށަހަޅުއްވާފައިވާ ކައުންސިލް މިނިސްޓްރީގެ ދައުރު މުހިއްމުކަން ފާހަގަކުރެއްވިއެވެ.

ފަހިކޮށްދޭނެ މިނިސްޓަރަކު ހުރެގެން، ވަޒީރަކު ހުރެގެން ނިޒާމުގެ ތެރެއިން ހުރިހާ ކަމެއް ހަމަޖެހިގެން އެލްޖީއޭއަށް ބާރުދެވިގެން ދާނެ.

~ ޑރ. މުޢިއްޒު

އިތުރަށް ވިދާޅުވީ ހުވާކުރެއްވުމަށްފަހު ކައުންސިލްތަކަށް ހުރިހާ ދަތިކަމެއް ނެތިގެންދާނެކަމަށެވެ.

ކެމްޕޭނު ޖަލްސާތަކުގައި ވެސް މިކަމާއި ގުޅޭގޮތުން ގިނަ ވާހަކަފުޅުތައް ދައްކަވާފައިވާއިރު، ދައުލަތުން ދޭ ގްރާންޓުން ކައުންސިލްތައް ނުހިންގޭނެކަން ފާހަގަކުރައްވައި، ކައުންސިލްތަކަށް ބޭނުންވާ ބަޖެޓް މިނިސްޓްރީ މެދުވެރިކޮށް ފޯރުކޮށްދެވިގެންދާނެކަމަށް ވިދާޅުވިއެވެ.

ޓެގްސް: ލާމަރުކަޒީ ނިޒާމު ސަރުކާރުހިންގުން ލޯކައުންސިލްތައް އެލްޖީއޭ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.