ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ޒަހަމްވެފައިވާ މީހަކު ޣައްޒާގެ އަލް ޝިފާއު ހޮސްޕިޓަލަށް ގެންދާ މަންޒަރު

ހަބަރު

ޣައްޒާއިން މީހުން ނެރުމުގެ އަމުރާއެކު ހޮސްޕިޓަލްތަކަށް ބޮޑު ލޮޅުންތަކެއް

ރާނިއާ - މެދުއިރުމަތި | 16 އޮކްޓޯބަރ 2023 , ހޯމަ 07:59   470

ފަލަސްތީނުގެ އުތުރުން ޣައްޒާގެ ރައްޔިތުން ނެރެން އިސްރާއީލުން ގޮވާަލުމާއެކު، ޣައްޒާ ސިޓީގެ ހޮސްޕިޓަލްތަކުން ވަނީ ބަލި އަދި ޒަހަމްވެފައިވާ އެތައް ހާސް މީހުން ނެރޭނެ ގޮތެއް ނެތް ކަމަށާއި، ދެކުނުގާއި އެމީހުންނަށް ފަރުވާދޭން އެކަށީގެންވާ ހޮސްޕިޓަލްތައް ނެތްް ކަމަށް ބުނެފައެވެ.

މިދިޔަ ހަފްތާއެއްހާއި ދުވަހު ފަލަސްތީނަށް އިސްރާއީލުން ދީފައިވާ ވައިގެ ހަމަލާތަކުގައި ޒަޚަމްވި އެތައް ސަތޭކަ ބަޔަކު ވަނީ ސިޓީގެ ހޮސްޕިޓަލްތަށް ފުރާލާފައެވެ.

ލައްކައެއްހައި ފަލަސްތީނުގެ ރައްޔިތުން ދެކުނަށް ފިލައިގެން ދިޔަ ކަމުގައިވިޔަސް ޣައްޒާ ހުރަސްކޮށް އެއްވެސް ތަނެއް ސަލާމަތުން ނެތެވެ. އިސްރާއީލުން ޣައްޒާއަށް ކާނާ، ތެޔޮ، އަދި ފެން އެތެރެ ވުން ހުއްޓުވުމުގެ ސަބަބުން ހަލުވިކަމާއެކު އިންސާނީ ދަތިކަމެއް ވަނީ އުފެދިފައެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވާ އ.ދ.ގެ އިދާރާ ޔޫއެންއާރުޑަބްލިއުއޭ އިން ބުނާ ގޮތުގައި ފާއިތުވި ހަފްތާގެ ތެރޭގައި ޣައްޒާގެ ދެ މިލިއަނަށް ވުރެ ގިނަ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ވަނީ އެމީހުންގެ ގެދޮރު ގެއްލިފައެވެ.

ޣައްޒާގެ އެންމެ ބޮޑު މެޑިކަލް ކޮމްޕްލެކްސް ކަމަށްވާ އަލް ޝިފާ ހޮސްޕިޓަލަށް އާއްދީތަ ދުވަހުގައިވެސް ވަނީ ގިނަ އަދަދެއްގެ ޒަހަމްވެފައިވާ މީހުން ގެނެސްފައެވެ. އެމީހުން އެހެން ތަނަކަށް ބަދަލުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ހޮސްޕިޓަލްގެ ޑިރެކްޓަރު ވިދާޅުވިއެވެ.

ހޮސްޕިޓަލުގައި 70 ބަލިމީހުން ވެންޓިލޭޓަރުގައި ތިބިއިރު، 200 މީހަކަށް އަންނަނީ ޑައިލިސިސް ފަރުވާ ދެމުންނެވެ. އަދި ގިނަ އަދަދެއްގެ ތުއްތު ކުދިން ތިބީ އިންކިއުބޭޓަރުގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިސްރާއީލުން ޣައްޒާއަށް ވައިގެ ހަމަލާތައް ދިނީ ޣައްޒާ ކޮންޓްރޯލްކުރާ ހަމާސް ޖަމާއަތުން އިސްރާއީލުގެ ދެކުނަށް ކުއްލި ހަމަލާއެއް ދިނުމުން 1300 އަށް ވުރެ ގިނަ މީހުން މަރުވުމުންނެވެ.

ޓެގްސް: ފަލަސްޠީން އިޒްރޭލް ހަނގުރާމަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.