ކަންގަނާގެ ފިލްމް އެމެޖެންސީގައި

މުނިފޫހިފިލުވުން

ކަންގަނާގެ "އިމަޖެންސީ" އަންނަ އަހަރަށް ފަސްކޮށްފި

ހުސެން ހަމްދާން - އިންޑިއާ | 18 އޮކްޓޯބަރ 2023 , ބުދަ 10:33   584

އެކްޓަރު ކަންގަނާގެ ޑައިރެކްޓަރީ ޕްރޮޖެކްޓް އިމަޖެންސީގެ ރިލީޒްކުރުން ފަސްކޮށްފިއެވެ.

އެކްޓަރު އިއުލާން ކުރީ ކުރިން ރާވާފައިވާ ގޮތަށް މި އަހަރު ނޮވެމްބަރު 22 ގައި މިފިލް ރިލީޒް ނުކުރާނެ ކަމަށާއި އަންނަ އަހަރު ރިލީޒް ކުރުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

މިކަން ކަންގަނާ ވަނީ ސޯޝަލްމީޑިއާގައި އިއުލާންކޮށްފައެވެ. އޭނާގެ މުޅި އުމުރުގެ އުނގެނުމާއި އާމްދަނީ މި ފިލްމަށް އިންވެސްޓްކޮށްފައިވާ ކަމަށް ބުނެ ޖަޒުބާތީ ނޯޓެއް ލިޔެފައިވެއެވެ.

ކަންގަނާ އިއުލާން ފެށީ، “ލޮބުވެތި ރައްޓެހިންނޭ، އަހަރެން މުހިންމު އިއުލާނެއް ކުރަން އެބައޮތް، އިމަޖެންސީ ފިލްމަކީ އަހަރެންގެ މުޅި ދިރިއުޅުމުގެ އުނގެނުމާއި ފަންނާނެއްގެ ގޮތުގައި ލިބުނު އާމްދަނީގެ ނިމުމެއް. އިމަޖެންސީ އަކީ އަހަންނަށް ހަމައެކަނި ފިލްމެއް ނޫން އެއީ އަހަރެންގެ އަގު ވަޒަންކުރުމާއި ފަރުދެއްގެ ގޮތުގައި އިމްތިހާނެއް.”

އަދި އިތުރަށް ބުނީ ޓީޒާއަށް އެންމެންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބުން މުޅި ޓީމްއަށް ހިތްވަރު ލިބުނުކަމަށާއި އިމަޖެންސީ ރިލީޒް ލަސްވަނީ 2024 ވަނަ އަހަރުގެ ފަހު ކޮޅު ގިނަ އެހެން ފިލްމް ރިލީޒިންގ ތާވަލް ކޮއްފައިވާތީއެވެ. ކަންގަނާގެ ފޮލޯވަރުން ވަނީ ޕޮޒިޓިވް ކޮމެންޓްތަކެއް ކޮށް، އޭނާގެ ނިންމުމަށް ތާއީދުކޮށްފައެވެ.

އިމަޖެންސީއިން ކަންގަނާ ފެނިގެންދާނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލުންނެވެ. މި ފިލްމަކީ ގާންދީ ލާޒިމުކުރި 1975 ވަނަ އަހަރުގެ ކުއްލި ހާލަތުގެ ވަށައިގެން ބިނާކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ވަރުގަދަ ލައިނަޕް ސަޕޯޓިން ކާސްޓެއް ވެސް ހިމެނޭއިރު، އޭގެ ތެރޭގައި ޝްރެޔާސް ޓަލްޕާޑޭ، މަހިމާ ޗައުދަރީ، އަނޫޕަމް ޚޭރް އަދި މިލިންދު ސޯމާން ހިމެނެއެވެ.

ޓެގްސް: ބޮލީވުޑް ކަންގަނާ ރަނައުތު ފިލްމުތައް ހިންދީ ފިލްމު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.