އެމެރިކާގެ ރައީސް ޖޯ ބައިޑެން

ހަބަރު

އެމެރިކާގެ ރައީސް އިޒްރޭލަށް، 2800 ފަލަސްޠީނު މީހުން މަރައި 2 މިލިއަން މީހުން ޙަލުގައިޖެހިފައިވޭ

އަލީ އަޒްޔަން - މެދުއިރުމަތި | 17 އޮކްޓޯބަރ 2023 , އަންގާރަ 09:27   457

އެމެރިކާގެ ރައީސް ޖޯ ބައިޑަން ބުދަ ދުވަހު އިސްރާއީލަށް ޒިޔާރަތް ކުރައްވަން ރާވާފައިވާކަމަށް ޚަބަރުތައް ބުނެފިއެވެ.

ބައިޑެން މިދަތުޅުފުޅު ކުރައްވަނީ ގައްޒާގައި، އިޒްރޭލުން ވައިގެ މަގުން ގައްޒާ އަށް ދޭ ޙަމަލާތަކުގެ އިތުރުން އެއްގަމު މަގުން ގައްޒާއަށް އެރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިއީ އިޒްރޭލުގެ ދަޢުވަތަކަށް ކުރާ ދަތުރެކެވެ. އެމެރިކާއިން ބުނެފައިވަނީ މި ދަތުރުގެ މަޤްޞަދަކީ އެމެރިކާގެ ބައިވެރިންގެ އޮތް ގާތް ގުޅުން ދައްކައިދިނުން ކަމަށާއި، ޢަދުއްވުން ކަމުގައިވާ އިރާނާއި، ސީރިއާ އަދި ހިޒްބުﷲ އަށް ވަރުގަދަ މެސެޖެއް ދިނުންކަމަށެވެ.

އިޒްރޭލުން ގައްޒާއަށް ވައިގެ މަގުން ދެމުން ގެންދާ ޙަމަލާތަކުގައި މިހާތަނަށް 2808 މީހަކު މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި 10،850 މީހަކު ޒަޚަމްވެފައިވާއިރު، 2 މިލިއަނަށްވުރެ ގިނަ މީހުން ޙާލުގައި ޖެހި، އިންސާނީ އެހީ ބޭނުންވެފައިވެއެވެ.

އެތައް ލައްކަ ބަޔަކު ވަނީ ގެދޮރު ދޫކޮށް ދިއުމަށް މަސައްކަތް ފަށާފައެވެ. އިޒްރޭލުން އަޅާފައިވާ ދަތިކުރުންތަކާއިއެކު ކާނާ އާއި ބޯފެން، އަދި ފެނާއި ތެޔޮ، އަދި ކަރަންޓް ނެތުމުގެ ސަބަބުން އިންސާނީ ބޮޑު ކާރިސާއެއް އުފެދިފައިވާކަމަށް އ.ދ. އިން ވެސް ބުނެފައިވެއެވެ.

ޓެގްސް: އިޒްރޭލް ފަލަސްޠީން ހަނގުރާމަ ޖޯބައިޑެން އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.