ޙާލުގައިޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް، މީޑިއާ މެދުވެރިކޮށް ކުރިއަށް ގެންދާ ޓެލެތޯންގެ ތެރެއިން

ހަބަރު

މިއަދު ފަހުދުވަސް، 12 މިލިއަނަށްވުރެ ގިނަ ރުފިޔާ ފަލަސްޠީނަށް ދިނުމަށް ދިވެހިން ދީފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 18 އޮކްޓޯބަރ 2023 , ބުދަ 09:36   603

ފަލަސްޠީނަށް އިޒްރޭލުން ދެމުންގެންދާ އަނިޔާވެރި ޙަމަލާތަކުގައި، ޙާލުގައިޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް، ރާއްޖޭގެ މީޑިއާ މެދުވެރިކޮށް ކުރިއަށް ގެންދާ ޓެލެތޯންގެ ތެރެއިން މިއަދާއި ހަމައަށް 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފަންޑަށް ޖަމާވެފައިވާކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެފިއެވެ.

މިޙަރަކާތަކީ ދިވެހި ރެޑްކްރެސެންޓްގެ (އެމްއާރުސީ) އިސް ނެންގެވުމެކެވެ. އެ ޖަމްޢިއްޔާ އިން މަޢްލޫމާތު ދެއްވާފައިވާ ގޮތުގައި މިފަންޑަކީ މިމަހުގެ 14 އިން އަށް ގެންދާ ޙަރަކާތެކެވެ.

ހުރިހާ މީޑިއާތަކުން އެއްފަހަރާ ގިނަ ޙަރަކާތްތަކެއް ހިންގާފައިވާއިރު، ހުރިހާ ފައިސާއެއް ވެސް ޖަމާކޮށްފައިވަނީ އެމްއާރުސީގެ ބޭންކު އެކައުންޓްތަކަށެވެ. އެހެންކަމުން ހުރިހާ ފައިސާއެއް ވެސް ޖަމާވެފައިވަނީ އޮންލައިން ޓްރާންސެކްޝަންތަކުގެ ގޮތުގައެވެ.

މިލިޔުމާއި ގުޅޭ

އިތުރަށް އެމްއާރުސީ އިން ބުނެފައިވަނީ، މުއްދަތު ހަމަވުމުން، ޓެލެތޯންގެ ހުރިހާ ފައިސާއެއް ވެސް ބޭންކު މެދުވެރިކޮށް ފަލަސްޠީނުގެ ރެޑްކްސެންޓާއި ޙަވާލުކުރެވިގެންދާނެކަމަށެވެ.

މީގެ ކުރިން ވެސް ދިވެހިން ވަނީ މިފަދަ ގިނަ ޙާދިސާތަކުގައި ބޭރު ޤައުމުތަކުގައި ތިބޭ މުސްލިމުންނަށް އެހީވުމަށް ބޮޑެތި ޢަދަދުތަކުން ފަންޑު ރެއިޒްކޮށްފައެވެ.

ޓެގްސް: ފަލަސްޠީން އެމްއާރުސީ ފަންޑް ރެއިޒްކުރުން ހަނގުރާމަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.