ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، ޤަވާޢިދު ބުނާގޮތުން...

ހަބަރު

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލައިގައި ޖަވާބުދާރީވުމަށް 30 މިނެޓް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 18 އޮކްޓޯބަރ 2023 , ބުދަ 16:31   558

މަޖިލީހުގެ ރައީސްގެ އިތުބާރެއް ނެތް މައްސަލައިގައި ޖަވާބުދާރީވުމަށް 30 މިނެޓް ދިނުމަށް މަޖިލީހުގެ ޢާއްމު ކޮމިޓީ އިން ނިންމައިފިއެވެ.

މަޖިލީހުގެ ޤަވާޢިދު ބުނާގޮތުން ބަހުސް ކުރިއަށް ގެންދެވޭނީ ގިނަވެސް 2 ގަޑިއިރަށެވެ. ނަމަވެސް، ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިޔާޒު ހުށަހެޅުއްވީ ދެގަޑިއިރުގެ ބަހުސެއް ކުރުމަށެވެ. އަދި ޖުމްލަ 30 މިނިޓް ޖަވާބުދާރީވުމަށް ދެއްވުމަށެވެ.

އެއީ 10 މިނެޓުގެ 3 ފުރުޞަތެވެ. ބަހުސް ފެށޭއިރު، މެދު ތެރެއިން، އަދި ނިންމާލަމުން ލިބޭ ފަހު ފުރުޞަތެވެ.

ކޮމިޓީގައި ތިއްބަވާ 6 މެމްބަރުންގެ ތެރެއިން 4 މެމްބަރަކު ވޯޓު ދެއްވީ މިގޮތަށް ކުރިއަށް ގެންދިއުމަށެވެ. އެހެންކަމުން މިގޮތަށް ކުރިއަށް ދިއުމަށް ޢާއްމު ކޮމިޓީ އިން ވަނީ ފާސްކޮށްފައެވެ.

މަޖިލީހުގެ ޤަވާޢީދު ބުނާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ޤަރާރު ހުށަހެޅި ބަހުސް މަރުޙަލާ ނިމުމަށްފަހު ވޯޓަކަށް ގޮސް ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޢުލަބިއްޔަތުން ފާސްކުރުމުން މަޖިލީހުގެ ރައީސްކަމުން ވަކިވާނެއެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ ވެރިކަންކުރާ ޕާޓީ އެމްޑީޕީއިން، 48 މެމްބަރުންގެ ސޮޔާއިއެކުއެވެ.

މަޖިލީހުގައި އަޢުލަބިއްޔަތު އޮތީ އެމްޑީޕީ އަތުގައި ކަމަށްވުމުން، މިމައްސަލަ ރަޢީސް ނަޝީދު އާއި ދެކޮޅަ ނިމުމުގެ ފުރުޞަތު ބޮޑެވެ.

ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމަށް ވަޑައިގެންނެވީ 67 މެމްބަރުންގެ ވޯޓާއިއެކު 8 މޭއި 2019 ގައެވެ. ދެން ވާދަކުރެއްވި ޤާސިމް އިބްރާހިމްއަށް ލިބިވަޑައިގެންނެވީ 17 ވޯޓެވެ.

ޓެގްސް: ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.