ޓައިގަރ ޝްރޮފްގެ ސިންގްހަމް އެގެއިންގެ ޕޯސްޓަރ

މުނިފޫހިފިލުވުން

ޓައިގަރ ޝްރޮފް ވެސް ސިންގްހަމް އެގެއިންގެ ކާސްޓަށް

ހުސެން ހަމްދާން - އިންޑިއާ | 21 އޮކްޓޯބަރ 2023 , ހޮނިހިރު 18:48   121

ދީޕިކާ ޕަޑޫކޯން އަށް ފަހު ޓައިގަރ ޝްރޮފް، ރޯހިތު ޝެޓީގެ ‘ކޮޕް ޔުނިވާސް’ އާއި ގުޅި، ސިންގްހަމް އެގެއިން އިން ފެނިގެންދާނެއެވެ.

ޓައިގަރ ތައްޔާރުވަމުންދަނީ އެހެން މިޝަނަކަށްކަމަށް ބުނެ، ފިލްމު އުފެއްދި ރޯހިތު ޝެޓީ މި ބުރާސްފަތި ދުވަހު ވަނީ އޭނާގެ ބޮޑު އަމާޒެއް އޮތް އަދި އަބަދުވެސް ކުރިއަރަމުން އަންނަ ކޮޕް ޔުނިވާސް އަށް އެންމެ ފަހުން ވަދެފައިވާ އެކްޓަރު ޓައިގާ ޝްރޮފް އިއުލާންކޮށްފައެވެ. އަޖޭ ދޭވްގަން ފުރަތަމަ ބައިން ފެނިގެންދާ މިއީ ފްރެންޗައިޒްގެ ތިން ވަނަ ބައެވެ.

''މީޓް ސްޕެޝަލް ޓާސްކް ފޯސް އޮފިސަރ އޭސީޕީ ސަތުޔާ... މަރުހަބާ ސްކޮޑަށް...ޓައިގާ'' ޑައިރެކްޓަރު ޝެޓީ އިންސްޓަގްރާމް ލިޔެފައިވެ އެވެ. ޓައިގާ ވެސް އޭނާގެ ސޯޝަލް މީޑިއާގައި ހަމަ އެ ތަސްވީރުތައް ހިއްސާކޮށް ލިޔެފައި ވަނީ ''އޭސީޕީ ސަތުޔާ ރިޕޯޓިން އޮން ޑިއުޓީގައި'' ކަމަށެވެ.

ސިންގަމް އެގެއިން މިހާރު ރޭވިފައި އޮތްގޮތަކީ، އަޖޭ ދޭވްގަން އިސްކޮށް ހުރެ، ސޫރިޔާވަންޝީގެ ރޯލުން އަކްޝޭ ކުމާރު، ސިމްބާގެ ރޯލުން ރަންވީރު ސިންގް، ފުލުސް ޝަކްޓީ ޝެޓީގެ ރޯލުން ދީޕިކާ ޕަދުކޯން އެވެ. މި ފިލްމުގައި ކަރީނާ ކަޕޫރު ވެސް ފެނިގެންދާއިރު، އޭނާ އަދި ރަސްމީކޮށް އިއުލާން ނުކުރެއެވެ. މިފިލްމުގައި އަރްޖުން ކަޕޫރު ފެނިގެންދާނެ ކަމަށް އަޑު ފެތުރިފައިވެ އެވެ.

އަންނަ އަހަރުގެ އޮގަސްޓް މަހު ފިލްމު ގްރޭންޑް ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ޓެގްސް: ބޮލީވުޑް ބޮލީވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.