ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސް ޑރ. މުޢިއްޒު އާއި ތުރުކީވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ފަލަސްޠީނަށް އެހީވުމާއިގުޅޭގޮތުން މަޝްވަރާކުރައްވައިފިކަމަށް ތުރުކީގެ ރަސްމީ އިދާރާތަކުން ބުނެފިއެވެ.
ތުރުކީގެ ޑިރެކްޓަރޭޓް އޮފް ކޮމިއުނިކޭޝަންސް އިން ޢާއްމުކޮށްފައިވާ މެސެޖެއްގައި ބުނެފައިވަނީ ޙާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައިވާކަމަށެވެ.
އަދި އިތުރަށް ބުނެފައިވަނީ، ތުރުކީގެ ވެރިރަށް އަންކާރާއިން، ގާޒާގެ ރައްޔިތުންނަށް އެހީތެރިވުމަށާއި ސުލްޙަ މަސަލަސްކަން ޤާއިމުކުރުމަށް ވީ އެންމެ ބޮޑަކަށް މަސައްކަތްކުރެވެމުންދާކަމަށެވެ.
ހަމައެހެންމެ ތުރުކީގެ ރައީސް އުރުދުޢާން ވަނީ ރިޔާސީ އިންތިޚާބުގައި ޑރ. މުޢިއްޒު ހޯއްދެވި ކާމިޔާބީއަށް މަރުޙަބާ ދަންނަވާފައެވެ.
ގާތް ގަނޑަކަށް 80 މިލިއަން މީހުން ދިރިއުޅޭ ތުރުކީގައި ގާތްގަނޑަކަށް 80 އިންސައްތަ މީހުންނަކީ މުސްލިމުންނެވެ.
