ރައްޔިތުންގެ މަޖިލީސް ކުރާގެ، 87 މެމްބަރުން ތިއްބަވާ މަޖިލީހުގައި ކޯރަމަކީ 22 މެމްބަރުން، އެޖެންޑާގައި އޮތީ ސަރުކާރަށް މުހިއްމު ބަހުސެއް

ހަބަރު

އަވަދިނެތި އަނެއް ދައުރަށް ކެމްޕޭނުގައި؟ މިއަދުގެ ޖަލްސާވެސް ކެންސަލް!

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 24 އޮކްޓޯބަރ 2023 , އަންގާރަ 11:42   605

87 މެމްބަރުން ތިއްބަވާ ރައްޔިތުންގެ މަޖިލީހުގައި، މިއަދުގެ ޖަލްސާ ވެސް ކޯރަމް ހަމަ ނުވާތީ ކެންސަލްކޮށްފިއެވެ.

ޢާއްމު ޖަލްސާތަކުގެ ކޯރަމްގެ ގޮތުގައި މަޖިލީހުގެ ޤަވާޢިދުގައި ހިމަނާފައިވަނީ 22 މެމްބަރުންނެވެ.

ނަމަވެސް، 22 މެމްބަރުން ހަމަ ނުވެގެން މިއަދުގެ ޖަލްސާވެސް ވަނީ ކެންސަލްކޮށްފައެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާތަކާއި އެކު، ރައްޔިތުންގެ މަޖީލުގައި ތިއްވަބާ ގިނަ މެމްބަރުން ޖަލްސާތަކަށް ވަޑައިނުގަންނަކަން ފާހަގަކުރައްވައި ރިޔާސަތުން ވަނީ ތަކުރާރުކޮށް މައްސަލައެއްގެ ގޮތުގައި ނަންގަވާފައެވެ. ނަމަވެސް މިއަދާއި ހަމައަށް ވެސް އެދެވޭ ބަދަލެއް މެމްބަރުންގެ ޙާޒިރީއަކަށް ނާދެއެވެ.

މަލީހަށް ބަހުސްކުރުމަށް ގިނަ ބިލްތަކެއް ހުށަހަޅައި މަސައްކަތްތަކެއް ކުރަންޖެހިފައިވާއިރު، އެބިލްތަކަށް ބަހުކުރަން ހަމަޖެހިފައިވާ މެމްބަރުން ވެސް ވަޑައިނުގަނެއެވެ. ވަކިން ޚާއްޞަކޮށް ވެރިކަންކުރާ ޕާޓީ، އެމްޑީގެ ޝަޢުގުވެރިކަން ވެސް ވަނީ ޖަލްސާތަކުގައި ބައިވެރިވުމުގައި ކުޑަވެފައެވެ.

އެމްޑީޕީއަށް ނިސްބަތްވާ 40 އެތައް މެމްބަރުނެއް ތިއްބެވިއިރު މިއަދުގެ ޖަލްސާގެ އެޖެންޑާގެ އެންމެ ކުރީގައި އޮތީ ސަރުކާރުން ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓްގެ ބަހުސްއެވެ.

މަޖިލީހުގެ މެމްބަރުން ވަޑައިނުގަންނަވަނީ ކީއްވެތޯ މަޖިލީސް މެމްބަރެެއްގެ އަރިހުން އަހާލުމުން ވިދާޅުވީ ގިނަ މެމްބަރުން މިހާރު އުޅުއްވަނީ އަވަދިނެތި އަނެއް ދައުރުގެ ކެމްޕޭނުގައި ކަމަށެވެ. އަދި އެމްޑީޕީ ވެސް އޮތީ ގަދަ ނިދީގައި ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި އެމްޑީޕީ އަށް ކާމިޔާބު ނުކުރެވިފައިވާއިރު، ރައީސް ސޯލިޙްގެ މާބޮޑު ޙަރަކާތެއް އެމްޑީޕީ ތެރެއިން ވެސް، އަދި ސަރުކާރު ތެރެއިން ވެސް ފެންނަމުން ނުދެއެވެ.

ޓެގްސް: ރައްޔިތުންގެ މަޖިލިސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.