އައްޑޫސިޓީ ފޭދޫ ވައިޖެހޭއާގެ އަބްދުއްﷲ ރަފީޢު (ރަފިއްޓޭ) ރައްޔިތުންގެ މަޖިލީހަށް ނިކުނެނެވުމުގެ މަސައްކަތް ފައްޓަވައިފިއެވެ.
މިރޭ އައްޑޫ ސިޓީ ފޭދޫ ގައި ހުންނަ އެމްއެންޕީ ޖަގަހަ ކައިރީގައި ޒުވާނުންނަށް ޚާއްޞަކޮށްގެން ހުޅުވި ޖަގަހަ ހުޅުވަމުން ރަފިއްޓޭ ވިދާޅުވީ ޒުވާނުންނަކީ ރަށުގެ ތަރައްޤީގައި މުހިއްމު ބައެއް ކަމަށާއި ޒުވާނުންގެ ޙިއްޞާ ބޮޑުކުރަން މަސައްކަތްކުރައްވާނެކަމަށެވެ.
ރަފިއްޓޭ މަޖިލީހުގެ ޕީއެންސީ/ޕީޕީއެމް ޕްރައިމަރީގައި ނިކުންނަވަނީ މުޅިއަލަށް އުފެދުނު ދާއިރާއެއް ކަމުގައިވާ މާދެލަ (ފޭދޫ ދެކުނު) ދާއިރާއަށެވެ.



ޕީއެންސީ/ޕީޕީއެމް މަޖިލީސް ޕްރައިމަރީ އޮންނާނެ ދުވަހެއް އެ ކޯލީޝަނުން އަދި އިޢްލާންކޮށްފައި ނުވިނަމަވެސް، ލަސްނުކޮށް ޕާޓީ ތަކުގެ އެތެރޭގެ އިންތިޚާބުތައް ނިންމުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕާޓީތަކުގެ ކިބައިން އެދިފައިވެއެވެ.