ފިނޭންންސް މިނިސްޓަރ އިބްރާހިމް އަމީރު (މ)، މިމަހު 18 ގައި ހުށަހެޅި 6.5 ބިލިއަނުގެ ސަޕްލިމެންޓްރީ ބަޖެޓުގައި ޤާނޫނުގައިވާ ޝަރުތުތައް ފުރިހަމަ ނުވޭ

ހަބަރު

މަލީ ޙާލަތު ތަފްޞީލްކޮށްދީފައިނުވާތީ، ސަޕްލިމެންޓްރީ ބަޖެޓް އަނބުރާ ފޮނުވާލައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 25 އޮކްޓޯބަރ 2023 , ބުދަ 11:28   544

ސަރުކާރުން މިއަހަރުގެ ބާކީ އޮތްތަނުގައި ސަރުކާރު ހިންގުމަށް އިތުރަށް ފައިސާ ބޭނުންވާކަމަށް ބަޔާންކޮށް، ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓް ފުރިހަމަ ނުވާތީ އަލުން ހުށަހެޅުމަށް އަންގައިފި ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް އަންގައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފަރާތުން މަޢްލޫމާތު ދެއްވާފައިވާގޮތުގައި، ބަޖެޓުގައި ފުރިހަމަ ނުވާ ބައިތައް ފުރިހަމަ ކުރުމަށްފަހު އަލުން ހުށަހެޅުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ސަރުކާރަށް ލިޔުމުން ދަންނަވާފައެވެ.

އެހެންކަމުން ސަރުކާރުން ހުށަހެޅުއްވި ސަޕްލިމެންޓަރީ ބަޖެޓް ފާސްނުވެ ވަނީ އަނބުރާ ފޮނުވާލެވިފައެވެ.

ޤާނޫނުގައި ބަޔާން ކުރާގޮތުން، މާލީ ޙާލަތު ރަނގަޅަށް ބަޔާންކޮށް، ބަޖެޓް ހުށަހަޅާއިރު ހުންނަންޖެހޭ ޝަރުތުތަކެއް ވެއެވެ. އޭގެ ތެރޭގައި ޢާމްދަނީ އާއި ޚަރަދުތަކުގެ ފުރިހަމަ ތަފްޞީލް ހިމަނަން ޖެހެއެވެ. އަދި ބޭނުންވާ ބަޖެޓެއް 1 މަސް ކުރިން މަޖިލީހަށް ފޮނުވައި ފާސް ކުރަންޖެހެއެވެ.

ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި މިއަހަރުގެ ބަކީ އޮތް ބަޔަށް ބޭނުންވާ ފައީސާގެ ގޮތުގައި 6.5 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އެގެ ތެރެއިން ބޮޑު ބައެއް ހިމަނާފައި އޮތީ ސަބްސިޑީ ދިނުމަށް ކުރާ ޚަރަދުގެ ގޮތުގައެވެ.

ޓެގްސް: ދައުލަތުގެ ބަޖެޓް ސަރުކާރު ރައްޔިތުންގެ މަޖިލިސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.