މާލޭ ހުކުރި މިސްކިތް، ކޭތާ ނަމާދު އޮންނާނީ އެރަށެއްގެ އެންމެ ބޮޑު މިސްކިތުގައި

ހަބަރު

މިރޭ ހަނދު ކޭތަ ހިފާނެ، ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރާނެ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 28 އޮކްޓޯބަރ 2023 , ހޮނިހިރު 08:13   590

މިރޭ ދިވެރިހިރާއްޖޭގައި ހަނދުކޭތައެއް ހިފާނެއެވެ. މިހަނދު ކޭތަ ހިފްނަ ފަށާނެކަމަށް ލަފާކޮށްފައިވަނީ ރާއްޖެ ގަޑިން މިރޭ 11.01 ގައެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނެފައިވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރުން އޮންނާނެކަށެވެ. އަދި ކޮންމެ ރަށެއްގައި ވެސް ކޭތަ ނަމާދުކުރުން އޮންނާނީ އެރަށެއްގައި ހުރި މިސްކިތްތަކުގެ ތެރެއިން އެންމެ ބޮޑު މިސްކިތެއްގައި ކަމަށެވެ.

މި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނެކަމަށް ލަފާކޮށްފައިވަނީ އެރޭގެ މެންދަމުން އަލިވެ 1:14 ގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ. އަދި މި ކޭތަ ވީއްލާނީ ރާއްޖެ ގަޑިން މެންދަމުން އަލިވެ 3:26 ގައި ކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

މިގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތެއްގައި މާދަމާރޭ މެންދަމުން އަލިވެ 1:15 ގައި ކޭތަ ނަމާދު ކުރެވޭނެ އިންތިޒާމު ރަށްރަށުގެ ކައުންސިލު އިދާރާތަކުން ހަމަޖެއްސައި ދިނުމަށް މިނިސްޓްރީން އެދިފައި ވެއެވެ.

ޓެގްސް: އިސްލާމިކް މިނިސްޓްރީ ހަނދުކޭތަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.